ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު ( އައްދު ) އެމްޓީޑީއަށް ސޮއިކުރައްވައިފި

Advertisement

އަލަށް އުފައްދަން ހުއްދަ ދީފައިވާ ސިޔާސީ ޕާޓީއެއްކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށް  ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު ( އައްދު ) ސޮއިކުރައްވައިފިއެވެ.

އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ހުޅުމީދޫ ކައުންސިލަރެއްގެ މަގާމަށް އައްދު އިންތިޚާބުވެފައިވަނިކޮށް އައްދުފަހުންވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.

އައްދު ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ “އިސްމެހެލެ ހެރާ” ޕްރޮޖެކްޓް  ފެށުމަށް ހޮޓެލް ޖެންގައި 28 އެޕްރީލް 2015 ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ކައުންސިލްގެ މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރެގެން އައްދު ހުޅުދޫ ދާއިރާގެ ކައުންސިލްގެ މަގާމަށް ކުރިމަތި ލެއްވުމުން އައްދުއާއި ވާދަކޮށް ހުޅުދޫ ދާއިރާގެ ކައުންސިލްގެ މަގާމް ކާމިޔާބުކުރެއްވީ މިހާރު ހުޅުދޫ ދާއިރާގެ ކައުންސިލްގެ މަގާމް ފުރުއްވަމުން ގެންދަވާ ޝުކުރީއެވެ.

އައްދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށް ސޮއިކުރެއްވިއިރު ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިންވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށް ދީފިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަކީ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެކެވެ.

http://sun.mv/54878 ( އައްދު ޕީޕީއެމްއަށް ސޮކުރެއްވުން )

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...