އައްޑޫ ސިޓީގައި ހައުސިންގް މިނިސްޓްރީއިން ދެމުންދިޔަ ޚިދުމަތްތައް، އައްޑޫސިޓީ ކައުންސިލުގެ ދަށަށް

Advertisement

ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ބާރުތައް އަނބުރާ އައްޑޫސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްފިއެވެ.

ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން، ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ބާރުތައް އަނބުރާ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ ގުޅިގެން ހައުސިން މިނިސްޓްރީން އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެކައުންސިލަށް 12 ކަމެއް ބެލެހެއްޓުމުގެ ޒިންމާ އަނބުރާ ދީފައިވާކަމަށެވެ.

އޭގެ ތެރޭގައި ބިން ދޫކުރުމާއި ބިންތަކާއި ގުޅިގެން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ ބާރާއި، މުނިސިޕަލް ޚިދުމަތްތަކުގެ އިތުރުން ވިޔަފާރިތައް ހިނގަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލެހެއްޓުން ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާގޮތުން ހައުސިންގް މިނިސްޓްރީގެ ދަށުން އައްޑޫ ސިޓީގައި 3 ސެކްޝަނެއް ހިންގަމުން ގޮސްފައިވެއެވެ.

އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ އެ ތިންތަނުން ކުރަމުން ދިޔަ މަސައްކަތްތައް ސިޓީ ކައުންސިލްގެ ދަށަށް އެއްކޮށް ބަދަލުކޮށް ނިންމުމަށް ދުވަސްކޮޅެއް ނަގާނެކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދާނީ އެތަންތަނުން  ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނައަންނަ ގޮތެއްގެ މަތީންކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލަކާއެކު ސިޓީ ކައުންސިލަށް ލިބިގެންވާ ބައެއް ބާރުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ 2015 އަހަރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ފެނަކައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ...

14،000އަށް ވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހައިފި

ކޮވިޑްގެ ތިންވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާ ބޫސްޓާ ޑޯޒް 14000އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތް ...

ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ، ...