“އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ބޭއްވުނު އޭއާރުއެފްގެ ކޮންގްރެސްގައި “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް  ލިބުނީ ކޮންގްރެސް އަށް ހާޒިރުވި 36 ޤައުމުގެ އިއްތިފާޤުންނެވެ. “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގައި ރާއްޖެއިން ތަމްސީލު ކުރައްވަނީ ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބެވެ.

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބު ވިދާޅުވީ، ރާއްޖެ “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ލިބުމުން ރާއްޖޭގެ ރޯވިންގްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި އަދި  އޭޝިޔާ ރޯވިންގްގައި ބަސް ބުނުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގައި ރޯވިން ތަރައްޤީ ކުރުމަށް ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދަނީ އެކިއެކި މަސައްކަތް ކުރަމުންކަމަށާއި، މިއީ އެކަމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

މަސްދަރު:ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ޖަންތާ ގަރާޖް އާއި ދަކްރައުސް ބައްދަލުކުރިމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ...

ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހެއް: ނަޝީދު

އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިއްޔެ މެންދުރު ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށް ...