ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ” ތައާރަފު ކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފު ކުރި ފެސިލިޓީއަކީ އެ ބޭންކުން ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ދޫކުރަން ފަށާ ފެސިލިޓީއެއް ކަމަށެވެ.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ވިޔަފާރި ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދަންް ތިން މިލިއަން ރުފިޔާ އާ ހަމަޔަށް ދޫކުރާނެ ފެސިލިޓީއެކެވެ. ޓިމް ވދާޅުވީ މި ފެސިލިޓީއަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރުތަމަ ފައިނޭންސިން ފެސިލިޓީ ކަމަށެވެ.

“މިއާއެކު ވިޔަފާރިތަކަށް ބޭނުންވާ އަދި ފުރިހަމަ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއެއް މި ވަނީ ގާއިމްކުރެވިފަ. ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާ ކުރަން ބޭނުންވާ ފައިސާ މިހާރު ފަސޭހައިން ހޯދުމަށް ވެސް މިވަނީ މަގުފަހިވެފައި،” އޭނާ ވިދާޅުވި އެވެ.

ޓިމް ވަނީ ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ ދަށްކޮށްފައިވާ ކަންވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އ މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ފައިނޭންސިންގެ އިކްއިޓީ 20 ޕަސެންޓަށް ދަށް ކޮށްފައިވާ ކަމަށް އޭނަ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން އިކުއިޓީ އަކީ 30 ޕަސެންޓެވެ.

ބީއެމްއެލް އިން ބުނީ ވޯކިން ކެޕިޓަލް ފައިނޭންސިން މެދުވެރިކޮށް މިދިއަ ތިން އަހަރު ހޯދާފައިވާ އެވްރޭޖް ސޭލްސްގެ 20 ޕަސެންޓާ އާ ހަމަޔަށް ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެ ކަމަށެވެ. ގިނަވެގެން ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫ ކުރާއިރު، އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށެވެ.

މި ފެސިލިޓީ ދަށުން ޑިމާންޑް ލޯނާއި، އޯވަޑްރާފްޓްސް، ބޭންްކް ގެރެންޓީ، ލެޓާ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މި ޕްރޮޑަކްޓް ގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ލޯނާއި ގެސްޓްހައުސް ލޯނާއި ރިއަލް އެސްޓޭޓް ލޯން އަދި ރީޓެއިލާސް ލޯންގެ އިންޓްރެސްޓް ނުވަތަ ޕްރޮފިޓް ރޭޓް ވަނީ ދަށްކޮށްފަ އެވެ. ލޯނުތަކަށް މި ގެނައި ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް ވެސް ވަނީ ގެނެސްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ. މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް ...