ކޯވިޑް-19 : މާލެއިން ފުރަތަމަ ފަހަރަށް ބަގްލާދޭޝް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން ފުރަތަމަ ފަހަރަށް ބަގްލާދޭޝް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާއާއެކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12އަށް އިތުރުވެފައެވެ. މި މީހާއަކީ މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކާއި ކޮންޓެކްޓުވި  މީހެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެެއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ މާލެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި 9 ވަނަ މީހާއެވެ. މި މީހާއަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 12 ވަނަ މީހާއާއި ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް 19 އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ.

މާލޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅެމުންދާއިރު، ގިނަ މީހުންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބައެކެވެ. އެހެންކަމުން މި ހާލަތުގައި ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 32 މީހެކެވެ. މީގެ ތެރެއިން 12 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

15 އޭޕްރީލް – އެކަކު
16 އޭޕްރީލް – 2 މީހުން
17 އޭޕްރީލް – 6 މީހުން
18 އޭޕްރީލް – 4 މީހުން

ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހަކު
21 މާރޗް 2020ގައި އެކަކު
23 މާރޗް 2020ގައި 2 މީހަކު
25 މާރޗް 2020ގައި 3 މީހަކު
26 މާރޗް 2020ގައި އެކަކު
28 މާރޗް 2020ގައި 2 މީހަކު
29 މާރޗް 2020ގައި 2 މީހަކު
12 އޭޕްރީލް 2020 އެކަކު
14 އޭޕްރީލް 202 2 މީހުން

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ބަޔަކު ހޮވުމުން އެމްޑީޕީ އިތުރަށް ބަލިކަށިވާނެ – ވަސީމު

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މަގާމްތަކަށް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ހޮވުމަކީ އެމްޑީޕީ އިތުރަށް ބަލިކަށި ...

ޕީޕީއެމްގެ ކެނޑިޑޭޓަށް ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުންނަށް ކޮށްދެވޭނެ އެއްވެސްކަމެއް ނޯންނާނެ- ހިޔާޒު

ޕީޕީއެމްގެ ކެނޑިޑޭޓަކު ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުން އަޅުގަޑުމެންނަށް ކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް މީދޫ ...

ލެސްޓަރ ބަލިކޮށް ގަދަ 4 ގެ އުއްމީދު ޗެލްސީ އާކޮށްފި

މިދިޔަ ހޮނިދުވަހުގެރޭ އިގިރޭސި އެފްއޭކަޕްގެ ފައިނަލްގައި 1 ލަނޑު 0 ލަނޑުން ލެސްޓާ އަތުން ޗެލްސީ ބަލިވެފައި ވީކަމުގައިވިޔަސް ...