ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު އައްޔަން ކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވާފައިވާއިރު، އެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ އެމަގާމުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފައެވެ.

ޝަމާލު އަކީ، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބާރާއި އަމުރުވެރިކަން ނަފީކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވި ބޭކަލެކެވެ.

ނަމަވެސް އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝަމާލު ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކި ކޮބައިކަން ބަޔާން ކުރުމެއް ނެތި ކަމަށާއި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް ވަރަކަށް އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަހުގެ ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެއެވެ.

އޭގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި އަމުރުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސަށް އިތުބާރުކޮށް ރައްޔިތުން ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ދީފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ...

މި އަހަރުގެ ރެހެންދި އެވޯޑް ތިން ކަނބަލަކަށް

ރެހެންދި އެވޯޑް” މިއަހަރު 3 ކަނބަލަކަށް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގއި ބޭއްވި ...

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...