އައްޑޫސިޓީގެ ހިތަދޫން އިތުރު 7 މީހަކު މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 5 ބިދޭސީންނާއި 2 ދިވެހީން
advertisement

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި7 މީހުންގެ ތެރެއިން ހިމެނެނީ 5 ބިދޭސީންނާއި 2 ދިވެހީންނެވެ.

 މިއަދު ހިތަދުން ޕޮޒިޓިވް 7 މީހުންގެ ތެރެއިން ފަސްމީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ޕޮޒިޓިވްވެފައިވާ ފަސްމީހުންނެވެ. އަނެއް ދެމީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި މީހުންގެތެރެއިން ސާމްޕަލް ނަގައިގެސް ޓެސްޓްކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 187 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 396 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 92 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ އެންމެ މީހެކެވެ. މި މީހާއެކު އައްޑޫއިން ކޮވިޑް ޖެހުނު 302 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 7945 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫއިން 2 މީހުން، ހިތަދޫއިން 89 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

50 މީހަކު ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް ފޮނުވަނީ

ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް 50 މީހަކު ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރ ...

ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އަސާސްއަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން- ހުކުރު ޚުޠުބާ

ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އަސާސްއަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުންކަމަށާ އިހުތިރާމް ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި އަނބިންނާއި ފިރިން ...

ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ، ...