އިލްޔާސް ލަބީބު ހުޅުދޫގެ ރަށްޔިތުންނާ ބައްދަލުކުރައްވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.

އިލްޔާސް ލަބީބު ހުޅުދޫ  ރަށްޔިތުންނާއި ބައްދަލުކުރުން އޮތީ ބުރާސްފަތިދުވަހުގެރޭ ހުޅުދޫ ސްކޫލްގައެވެ.

މިބައްދަލުކުރެއްވުމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ އިސްވެރީންނާއި ހުޅުދޫ ދާއިރާގެ ކައުންސިލަރު ޝުކުރީގެ އިތުރަށް އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީއާއި  ގިނައަދަދެއްގެ ހުޅުދޫ ޒުވާނުންނާއި ރަށްޔިތުންވެސް މިބައްދަލުވުމުގައި  ބައިވެރިވިކަން ފާހަގަކޮށްލެވެ.

މިބައްދަލުވުމުގައި އިލްޔާސް ލަބީބުގެ ވާހަކަފުޅަށްފަހު ރަށްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުވެސް އިލްޔާސް ލަބީބު ވަނީ ވަކިވަކި ފަރުދުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މިބައްދަލުވުމުގައި ހުޅުދޫގެ ތަރައްގީއަށްކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ބެހޭގޮތުންނާއި ހުޅުދޫއާއި މީދުން ގެސްޓް ހައުސް ހެދުމަށް ބިންދޫކުރުމާއި ބެހޭގޮތުން އަދި  ފެނާއި ނަރުދަމާގެ މައްސަލަތަކާއި ގުޅޭގޮތުންނާއި ހެރަތެރެ ރިސޯޓްގެ ކަންތައްތަކާއިބެހޭގޮތުން އަދި މިނޫސްވެސް ހުޅުދޫއާއި އަދި އައްޑުއަތޮޅާއި  ގުޅުންހުރި ގިނަވާހަކަ ތަކަކަށް އަލިއަޅުވާލާފައިވެއެވެ.

މިބައްދަލުވުމުގައި ހުޅުދޫ ކައުންސިލްރު އިބްރާހިމް ޝުކުރީއާއި އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

އިލްޔާސް ލަބީބު ރޭ ހުޅުދޫ ރަށްޔިތުންނާއި ބައްދަލުކުރައްވާފައިވާއިރު ބުދަދުވަހުގެރޭ އިލްޔާސްލަބީބުގެ އޮފީހެއް ހުޅުދޫގައި ވަނީ ހުޅުވާފައެވެ. މިއޮފީސް ރަސްމީ ބަންދުނޫސް ދުވަސްތަކުގެ ކޮންމެ ދުވަހަކު ހެދުނު 10:00 ން 12:00 އަށް ހުޅުވާގޮތައްވަނީ ހަމަޖެހިފައެވެ.

އިލްޔާސް ލަބީބަކީ  ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަހާއުއްދީންމަގާއި މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އައްޑުއަތޮޅު ހުޅުދޫއާއި މީދޫގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ...

ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ ...

47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ. ...