ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

Advertisement

ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ނުވަތަ އިމީޑިއޭޓް ފެމިލީއަށް އެ ފުރުސަތު ލިބޭގޮތް ހެދުމަށް ގިނަ ބަޔަކު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލިހަށް ހުށަހެޅި  އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މިބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރައްވާއިރު އިމީޑިއޭޓް ފެމިލީއަށް ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުމާމެދު ގޮތެއް ކަނޑައެޅުމަކީ މުހިއްމުކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް ޒިޔާރަތް ކުރައްވައިފި

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް  ޒިޔާރަތްކޮށް މީދޫގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މިނިސްޓަރ ...

ޑރ. މަޖީދުގެ ޖަނާޒާ މިއަދު ލަންކާގައި ބާއްވަނީ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ...

ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކޮށްދެއްވާނީ  ދިވެހިރާއްޖޭގެ އަލިގަދަ ތަރިއަކަށް ހޮވުނު ހަސަން ޒާހިރު

ހުޅުދޫގައި ބޮޑު ޖަމާއަތުގައި މާދަމާ ކުރުމަށް ހަމަޖެހިފައިވާ ފިތުރު އީދު ނަމާދު އިމާމުވެ ކޮށްދެއްވާނީ 2013 ވަނަ އަހަރު ...