އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފި

އައްޑޫ ސިޓީ މީދޫގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މުދިމު މުހައްމަދު ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީނު މިސްކިތުގައި ސެޕްޓެމްބަރ 2 ވީ ހުކުރު ދުވަހު ހުކުރު ޚުޠުބާ އައްޑޫބަހުން ކިޔައިގެންނެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް އޭރު ވިދާޅުވީ އައްޑޫ ސިޓީ މުދިމަކު  ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

“ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށް ޓަކައި ޚަތީބަކު ވަނީ ހުކުރު ކުރުމުން ސަސްޕެންޑް ކުރެވިފައި،”

އަފްރާހް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން  ވިދާޅުވެފައިވެ އެވެ.

ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން މުޙައްމަދު ރަޝީދު ބުނެފައިވަނީ އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި, ބިދޭސީންކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ޚުޠުބާ ކިޔުމަކީ މުހިންމުކަމަކަށް ދެކޭތީ ކަމަށެވެ.

ނަމަވެސް ޚުޠުބާގެ ޢިބާރާތްތަކަށް ބަދަލެއް ނުގެންނަކަމަށް އޭނާ ބުންޏެވެ.

ގާތްގަޑަކަށް 3 މަސް ދުވަސްވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު  އެސަސްޕެންޝަން އުވާލުމުން މިއަދު މުހައްމަދު ރަޝީދު އިމާމުވެ ހުކުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ރަޝީދު މިއަދު އިމާމުވެ ހުކުރު ކުރައްވާނީ ހުޅުދޫ  ވަހުދާ މިސްކިތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...

ސިއްޙީ ނިޒާމްގެ ތާރީޙްގެ ތެރެއަށް ވަދެގެންދާނެ އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުން – ނާޒިމް

ދިވެހިރާއްޖޭގެ ތާރީޚްގައި ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް މިސަރުކާރުން ގެނެސްދީފައިވާއިރު، ސިއްޙީ ނިޒާމްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ ...

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ...