ޗީފް އޮފް ޑިފެންސް ފޯސް ކަމުން ޝިޔާމް ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝިޔާމް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، ޝިޔާމް އެ މަގާމުން ވަކިކުރެއްވީ ރައީސް ސޯލިހުއަށް ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

އަދި އެއާއެކު ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވެސް މިއަދު ވަކިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކިކުރެއްވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަގާމުން ވަކިކުރާނެ ކަމަށް ބެލެވުނު ބޭފުޅަކީ ވެސް އެއީއެވެ. ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވިތާ މަހަކާ ގާތްވެފައި ވަނިކޮށް ވެސް، އޭނާ މަގާމުން ވަކިކުރައްވާފައި ނުވާތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރަށާޢި ރައީސްއަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮގަސްޓް 19 ވަނަ ދުވަސް ސަރުކާރު ބަންދުކުރަން ނިންމަވައިފި

ކަލަންޑަރުގައި ވާ ގޮތަށް، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހު 12 ވަނަ ދުވަހަށް ...

ރާއްޖޭގައި 8700 އަށް ވުރެ ގިނަ ފަގީރުން އެބަތިބި

މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ލިސްޓު އަޕްޑޭޓްކޮށްފައިވާ ކަމަށާއި ފަގީރުންގެ ގޮތުގައި މުޅި ރާއްޖޭގައި އަށްހާސް ހަތްސަތޭކައަށްވުރެ ...

ފަހުވަގުތު ސަހާފް ކާމިޔާބު ކުރި ހެޓްރިކާއެކު އެތުލެޓިކް އެފްސީ ފައިނަލަށް

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް  އެތުލެޓިކް އެފްސީގެ ސަހާފްގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން ...