މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 60 ދާއިރާއަކަށް ވާދަ ނުކުރަން ނިންމީ 27 ދާއިރާ އަކަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ބޭނުން 60 ދާއިރާއާއި ވާދަ ނުކުރަން ނިންމާފައިވާ  27 ދާއިރާ ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެމްޑީޕީގެ ފަރާތުން ކޯލިޝަނުގެ ޕާޓީތަކަށް ފޮނުވާފައިވާ ލިޔުމެއްގައެވެ. އެ ލިޔުމުގައިވާ ގޮތުން އެމްޑީޕީގެ ސެކްރެޓޭރިއަޓުން އެގޮތަށް ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހާއި ގުޅިފައިވާ ޕާޓީތަކާއެކު ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ގޮނޑި އަށް މެމްބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އެމްޑީޕީން ވާދަކުރަން ނިންމާފައިވަނީ 60 ގޮނޑި އަށެވެ.

.

އެމްޑީޕީން ވާދަނުކުރާ ދާއިރާތައް:

ނޮޅިވަރަމް ދާއިރާ

ކުޅުދުއްފުށީ އުތުރު ދާއިރާ

މަކުނުދޫ ދާއިރާ

މަނަދޫ ދާއިރާ

މަޑުއްވަރީ ދާއިރާ

އޭދަފުށީ ދާއިރާ

ކެންދޫ ދާއިރާ

ތުލުސްދޫ ދާއިރާ

މަތިވެރި ދާއިރާ

މާމިނގިލީ ދާއިރާ

މަހިބަދޫ ދާއިރާ

ދަނގެތީ ދާއިރާ

ކެޔޮދޫ ދާއިރާ

ދިއްގަރު ދާއިރާ

މުލަކު ދާއިރާ

ނިލަންދޫ ދާއިރާ

މީދޫ ދާއިރާ

ކިނބިދޫ ދާއިރާ

ތ.ގުރައިދޫ ދާއިދާ

އިސްދޫ ދާއިރާ

ފޮނަދޫ ދާއިރާ

ތިނަދޫ ދެކުނު ދާއިރާ

މަޑަވެރި ދާއިރާ ފުވައްމުލަކު އުތުރު ދާއިރާ

މައްޗަންގޯޅި ދެކުނު ދާއިރާ

މާފަންނު ދެކުނު ދާއިރާ

ވިލިމާލެ ދާއިދާ

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް ރަސްމީކޮށް މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިއުލާންކުރަން ވަނީ ނިންމާފައެވެ

އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ މިރޭ 09:00 ގައި މާބުލް ހޮޓަލުގަ އެވެ. މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ޕާޓީން އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު މަޝްރޫއު ހުއްޓާލަން އީޕީއޭއިން އަންގައިފި

އައްޑޫ ސިޓީ ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓާލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ...

ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް ...

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...