ފައްޔާޒާއި އިދިކޮޅަށް އެރުމަކީ ކުރެވުނު ގޯސްކަމެއް: ނަޝީދު

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ދެން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަން ނަޝީދު ފަށާފައިވާ މަސައްކަތުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ އިބްރާހިމް ވަހީދު އެމްޑީޕީގެ ކޮންގްރެސްގެ ކަންކަމުގައި އިސްކޮށް އުޅުއްވާތީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޝަކުވާ ކުރެއްވުމުންނެވެ.

އަނދުން ހުސެއިންގެ ޝަކުވާއާ ގުޅިގެން ފައްޔާޒާއި އަދި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ކޮންގްރެސްގެ ކަންކަމުގައި އިބްރޭ އިސްކޮށް އުޅުއްވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އަނދުން ހުސެއިނަށް ރައްދު ދެއްވަމުން ނަޝީދު ވަނީ ފައްޔާޒާއި ދެކޮޅަށް ކުރިން މަސައްކަތް ކުރެވުނީ އަނދުން ހުސެއިނާއި ހެދި ކަމަށް ވިދާޅުވެފަ އެވެ.

”އެއް ފަހަރު ހުސެއިން އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް.“

ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ފައްޔާޒާއި އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށް މިހާރު ބޭނުންފުޅުވަނީ އެކުގައި ކުރިއަށްދާން ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ފައްޔާޒަށް ތަފާތު އެކި ތުހުމަތުތައް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ގެންދެވީ ކުރައްވަމުންނެވެ. އެގޮތުން ނަޝީދު އެމްޑީޕީން ބޭރުކުރަން ފައްޔާޒު އުޅުއްވާ ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވަމުން ފައްޔާޒު އޭރުވެސް ވަނީ އެމްޑީޕީ ހިންގާލާނީ ނަޝީދާއެކު ކަމަށް ވިދާޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންފުލުއެންޒާއަކީ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅިއްޖެނަމަ ފުރާނައަށް ނުރައްވާވާފަދަ ވައިރަހެއް

އިންފުލެންއެންޒާއަކީ  އިންފުލެއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިފުސް ރޯގާފަދަ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކަކީ ހުންއައުމާ ، ކެއްސުމާއި ކަރުގައި ...

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ބަދަލު ހާމަކުރައްވައިފި

މެއިި 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ...

34 ވަނަ ފަހަރަށް ސްޕެނިޝްލީގުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފި

34 ވަނަ ފަހަރަށް ސްޕެނިޝްލީގުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ. ރެއާލްމެޑްރިޑް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދީ ރޭ ވިލަރެއާލްއާއި ...