ތައިލެންޑްގައި އެކްސިޑެންޓްވި ހުޅުދޫ އަހުމަދު ސައީދު ނިޔާވެއްޖެ

ތައިލެންޑުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ސ. ހުޅުދޫ ވައިޖެހޭގޭ އުމުރުން 44 އަހަރުގެ އަހުމަދު ސައީދު  ރޭ ފަތިހު ނިޔާވެއްޖެ އެވެ.

ބެންކޮކްގެ ރަޖާވިތީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އަހުމަދު ސައީދު، މިއަދުގެ އަސުރު ނަމާދަށް ފަހު ވަނީ ތައިލެންޑްގައި ވަޅުލާފަ އެވެ.

2019 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެރޭ ބެންކޮކްގެ ގަޑިން ދަންވަރު 3:30 ހާއިރު ހިގި އެކްސިޑެންޓްގައި  ބޮލަށް  ވަރަށްބޮޑެތި ގެއްލުންތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ އޭނާ  ނިޔާވީ އޭނާއަށް ފަރުވާ ދެއްވަމުން ގެންދެވި ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށްކަމަށް މައުލޫމާތު ލިބިފައިވެއެވެ.  ޑޮކްޓަރުން އުންމީދު ކަނޑާލީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ބައެއް ގުނަވަންތައް ފެއިލްވުމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑިސެމްބަރުގައި 24 ވަނަ ދުވަހުގެރޭ  އަހުމަދު ސައީދު އެކްސިޑެންޓްވީ އެރޭ މާލެން ބެންކޮކަށްގޮސް  އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި ހިގި ކާރު އެކްސިޑެންޓެއްގައެވެ. މިއެކްސިޑެންޓް ހިގިއިރު  އޭނައާއެކު ކާރުގައި އިން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަހުމަދު ސައީދުގެ ފުރާނަ ސަލާމަތް ކުރުމަށް ސިކުނޑި އާއި ކަނދުރާގެ ދެ އޮޕަރޭޝަން ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަންތަކަށް ފަހު ހާލު ރަނގަޅުވަމުން އައި ކަމަށް ވެސް އޭރު އާއިލާއިން ބުންޏެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މާދަމާ ކުޅުދުއްފުއްޓަށް

މިއަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާދަމާ ކުޅުދުއްފުށީ ...

ކޮޕާ އެމެރިކާ : މެސީގެ މޮޅުކުޅުމާއިއެކު އާޖެންޓީނާއަށް ފުރަތަމަ މޮޅު

ބުރެޒިލުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ މޮޅުކުޅުމާއިއެކު މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް ...

ވީމީޑިއާ ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް އަންގައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (އައިބީސީ) ގެ ދަށުން ހިންގާ ވީމީޑިއާގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެ ...