މާދަމާގެ ފައިނަލްމެޗުން މޮޅުވެ ގައުމު އެފްސީއަށް ޗެމްޕިއަންކަން ލިބޭނެ- ގައުމުއެފްސީގެ މެނޭޖަރ އައްޕޯ

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ  ފައިނަލުގައި މާދަމާ ހަވީރު ޓޫބްރަދާސްއާއި ދެކޮޅަށް ނުކުންނަނީ ގައުމު އެފްސީއަށް ކާމިޔާބު  ހޯދައިދޭންކަމަށް ގައުމު އެފްސީގެ މެނޭޖަރ އައްޕޯ ބުނެފިއެވެ. ގައުމު އެފްސީ ޓީމުގެ މެނޭޖަރ އައްޕޯ “ވީއޯއެމް” އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ގައުމު އެފްސީއަށް  ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ސަޕޯޓް ބޭނުންވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މާދަމާގެ ފައިނަލްމެޗުން މޮޅުވެ ޗެމްޕިއަންކަން ގައުމު އެފްސީއަށް ލިބޭނެކަމަށެވެ.

“އިއްޔެ ހަވީރު ޓޫބްރަދާސްއާއި ބައްދަލުކޮށް ކުޅުނުމެޗުން އަޅުގަޑުމެން ބަލިވިޔަސް މާދަމާ ކުޅެވޭ ފައިނަލްމެޗަށް އިއްޔެގެ މެޗުން ބަލިވި ބަލިވުމުގެ އަސަރެއް ނުކުރާނެ. ސަބަބަކީ އިއްޔެގެ މެޗަކީ ކޮންމެހެން މޮޅުވުން މަޖުބޫރު މެޗަކަށް ނުވާތީ ވަރުގަދައަށް މަސައްކަތްކޮށްގެން އިއްޔެ މެޗުން މޮޅުވާން އަހަރެމެން މަސައްކަތްކޮށްފައިނުވާތީ . އެހެންނަމަވެސް މާދަމާ ކުޅެވޭ ފައިނަލްމެޗަށް  ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފަ. އިއްޔެގެ މެޗުން ދެރަވިޔަސް ޓީމަށް ގެއްލުނު އެއްޗެއްނެތް . އިއްޔެގެ މެޗްގައިވެސް ރަގަޅަށް ކުޅެ ގިނަވަގުތު ބޯޅަ ގެންގުޅެފައިވަނީ އަހަރެމެން . މާދަމާގެ ފައިނަލްމެޗަށް ޓީމުގެ މުހިއްމު ހުރިހާ ކުޅުންތެރިންވެސް ފިޓް . ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޓޫބްރަދާސް ބަލިކުރެވޭނެކަމުގެ. ގައުމުއެފްސީގެ  އަމާޒަކީ ޗެމްޕިއަންކަން ހޯދުން .  ޓީމަށް ސަޕޯޓް ކޮށްދިނުމަށް ޓީމުގެ ސަޕޯޓަރުންގެ ކިބައިން އެދެން” ގައުމު އެފްސީ ގެ މެނޭޖަރ އައްޕޯ ވީއޯއެމްއަށް މައުލުމާތު ދެމުން ބުނެފައިވެއެވެ.

މި މުބާރާތުގެ ފައިނަލަށް ގައުމު ދަތުރުކުރީ ޕޮއިންޓް ސިސްޓަމަށް ކުޅުނު 4 މެޗްތަކުގެ ތެރެއިން  3 މެޗުން މޮޅުވެ 1 މެޗުން ދެރަވެ 9 ޕޮއިންޓް ލިބިގެންނެވެ. ގައުމު އެފްސީ ދެރަވެފައިވަނީ ޕޮއިންޓް ސިސްޓަމަށް ކުޅުނު މެޗްތަކުގެ ތެރެއިން އިއްޔެ ހަވީރު ކުޅެވުނުމެޗްގައި  ޓޫބްރަދާސްއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ފައިނަލަށް ޓޫބްރަދާސް ދަތުރުކޮށްފައިވަނީ އެޓީމު ކުޅުނު 4 މެޗުގެ ތެރެއިން 1 މެޗުން އެއްވަރުވެ 3 މެޗުން މޮޅުވެ 10 ޕޮއިންޓް ލިބިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާއާއި ޖަޕާން ބައްދަލުކުރި މެޗު ޕެނަލްޓީގައި ޖަޕާން ބަލިކޮށް ...

ޖޯލިއަންސް މިކްސް  ވޮލީބޯލް މުބާރާތް 2018 : ރޭ ކުޅެވުނު  މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފި

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޓީމް އަލްފައިން ...

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...