ޖޯލިއަންސް މިކްސް  ވޮލީބޯލް މުބާރާތް 2018 : ރޭ ކުޅެވުނު  މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފި

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓްގައި ރޭ ކުޅެވުނު މިމެޗް ޓީމް އަލްފައިން ކާމިޔާބުކުރީ ޓީމް އެވަގްރީންއާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.

މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނު އެވަގްރީންގެ ހައްވާ އާސިމާ ހަސަންއަށް  ކްއީން އޮފްދަމެޗްގެ އިނާމް ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރިކޮށް ދެއްވި ދެބޭފުޅުންގެ ތެރެއިން އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ 2 ވަނަ ދައުރުގެ ރައީސާ ޝެހެނާޒް ރަޝީދެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނު ޓީމް އަލްފައިންގެ އިބްރާހިމް މޫނިސަށް މޭން އޮފްދަމެޗްގެ އިނާމު ހަވާލްކޮށްދެއްވީ ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވި ދެބޭފުޅުންގެތެރެއިން ފޭދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ މޫސާ ނަސީރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓީމްޓަފްސިކްސް ބަލިކޮށް ޓީމް އަލްފައިން ފައިނަލަށް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ 3 ވަނަ މެޗް ކާމިޔާބުކޮށް ފައިނަލުގެ 2 ވަނަ ޖާގަ ...

އެމްބާޕޭ ރެއާލްއަށް ، ރެއާލުން ހަޒާޑު ވިއްކާލަނީ

އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން ހަޒާޑް އާއި އިތުރު ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ...

ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް 

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ...