ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއި

ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި  ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުށަހަޅާފައިވާއިރު  ބިޑް ވިއްކުން އޮންނާނީ   25 ނޮވެންބަރު 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 29 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  13:30އާއި ހަމަޔަށެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުންނެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ބަލައިގަތުމާއި  އަދި ބިޑްޑޮކިއުމެންޓް ހުޅުވުން އޮންނާނީ 03 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައެވެ.

މިމަސައްކަތާއި  ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 25 ނޮވެންބަރު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 02 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައި ދަންނަވާފައިވާ  އެޑްރެހަށް މެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވުމުން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 02ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށް ސިޓީކައުންސިލުން ހާމަކޮށްފައިވެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށްވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އީމެއިލް:  project@adducity.gov.mv

ކޮޕީ :  procurement@adducity.gov.mv

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

އައްޑޫ މަގުހެދުމުގެ މަޝްރޫޢު: އިންޑިއާގެ އެފްކޮންސްގެ ކޮލިޓީއާއިމެދު ކަންބޮޑުވުން!

އައްޑޫ ސިޓީގައި 107 ކިލޯމީޓަރު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަަސައްކަތުގެ ކޮލިޓީއާއިމެދު ސުވާލު ...

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު ...