ފަހަތުންއަރާ ގައުމު ޖޫނިއާސްގެ މައްޗަށް ޓޫބްރަދާސް ކާމިޔާބު ހޯފައިފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ފަހުހާފްގައި  ޖެހި ލަނޑުތަކުން  ފަހަތުން އަރާ ގައުމު ޖޫނިއާސް ބަލިކޮށް ޓޫބްރަދާސްއިން މެޗް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓޫބްރަދާސް އިން ކާމިޔާބުކުރީ  3 ލަނޑު 1 ލަނޑުންނެވެ  .

ސަހާފްއަތުން ބޯޅަ ހޯދުމަށް ގައިސު މަސައްކަތްކުރަނީ

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު  ކާމިޔާބުކުރީ ގައުމުޖޫނިއާސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖައުމު ޖޫނިއާސްގެ ސަހާފްއެވެ. ގައުމު ޖޫނިއާސްއިން ލަނޑެއް ޖަހާ ކުރިހޯދުމުން މެޗްގެ ނަތީޖާ ހަހަމަކުރުމަށް ޓޫބްރަދާސްގެ ކުޅުންތެރީން  ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ.

ރެފްރީ ޝިމާއުއަށް ރަތްކާޑު ދައްކަނީ

ނަތީޖާ ހަހަމަކުރިލަނޑު ޓޫބްރަދާސްއަށް ކާމިޔާބުކޮށްދިނީ ފަރުހާދެވެ.

ފުރަތަމަ ހާފު 1-1 އިން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗު 47 ވަނަ މިނެޓްގައި ޓޫބްރަދާސްގެ އަބްދުﷲ އިމްރާން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ހޯދައިދީފައެވެ.

ޓޫބްރަދާސްގެ އަބްދުﷲ އިމްރާން ޕެނަލްޓީން ލަނޑު ކާމިޔާބުކޮށްދިން

މިމެޗްގައި ޓޫބްރަދާސްއިން ކާމިޔާބުކުރި 3 ވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ގައުމު ޖޫނިއާސްގެ  ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ ޓޫބްރަދާސްގެ ފަރުހާދެވެ.

މޮޅުކުޅުންތެރިޔާއަށް ހޮވުނު ފަރުހާދުއާއި ޟޯމިރު ޓްރޮފީ ހަވާލްކުރަނީ

މިމެޗްގައި ޓޫބްރަދާށްގެ މައުޝޫގަށް ރެފްރީ ރީދޫ ކާޑު ދައްކާފައިވާއިރު ގައުމު ޖޫނިއާސްގެ ޝިމާއުއަށް ރެފްރީވަނީ 2 ރީދޫ ކާޑު ދެއްކުމަށްފަހު ރަތްކާޑު ދައްކާފައެވެ. ޝިމާއުއަށް ދެ ރީދޫކާޑާއި ރަތްކާދު ދައްކާފައިވަނީ ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހިގެން ވާހަކަ ދައްކަމުން ދިއުމުގެ ސަބަބުންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ފަރުހާދަށް ޓްރޮފީ ހަވާލްކޮށްދެއްވީ މީދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމުގައިވާ މުހައްމަދު ޟާމިރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓްކަޕް – ޕެނަލްޓީގައި އުސްގަޑަ ބަލިކޮށް، ރިވެރިން ސެމީއަށް

ގައުމު ސްޓްރީޓް ކަޕްގައި  ޕެނަލްޓީ ޖަހައިގެން ހިތަދޫ އެފްސީ އުސްގަޑަ ބަލިކޮށް، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ސެމީފައިނަލުގެ ...

ސަހާފްގެ ހެޓްރިކާއެކު ފޭދޫސްކޫލްއަތުން އަތޮޅުމަދަރުސާއަށް ބޮޑުމޮޅެއް

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސަހާފްގެ ހެޓްރިކާއެކު ތަފާތު ބޮޑުކޮށް އަތޮޅުމަދަރުސާޓީމުން ފޭދޫސްކޫލްޓީމް ބަލިކޮށްފި އެވެ. ...

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑަށް

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރސިޓީގެ ފޯވަޑް އާލިން ހާލާންޑް ހޯދައިފިއެވެ. ...