މީދޫ ޓާފް ދަނޑުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހެޅިފަރާތަކާ- ޔޫތު މިނިސްޓްރީ

މީދޫ ޓާފް ދަނޑު ތައްޔާރުކުރަން ބަޔަކާ ހަވާލްކޮށްފައިވަނީ އެމަސައްކަތައް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކޮށްކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިގޮތައް ހާމަކޮށްފައިވަނީ މިދަނޑުގެ ކަންތަކާއި ގުޅޭގޮތުން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއަށް މައުލޫމާތު ދެއްވަމުންނެވެ.

މިކަމާ ގުޅޭގޮތުން މީދޫ ދާއިރާގެ މެމްބަރުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ދަނޑުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ބަޖެޓަށްވުރެ ބޮޑުކޮށް އަދި އަގުގެގޮތުން 3 ވަނާގައި އޮތް ފަރާތާއި ކަމަށާ އަދި އެފަރާތަކީ އެހެންމީހުންންށްވުރެ ދިގުމުއްދަތެއްގައި މަސައްކަތް ނިންމަން އެއްބަސްވެފައިވާ ފަރާތެއްކަމަށްވެސް ރޮޒެއިނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

” ދަނޑުގެ ކަންތަކާ ގުޅިގެން ކައުންސިލަރު ސޯލިހާއާއި  އަދި މޭޔަރު ނިޒާރުއާވެސް ވާހަކަ ދައްކައިފިން ، ނިޒާރު ވިދާޅުވީ މިކަމަކީ އެބޭފުޅުން ކައުންސިލާއި ހަވާލްވިއިރުވެސް ނިންމާފައި އޮތްކަމަކަށްވާތީ  އެއޮތްގޮތައް މިނިސްޓްރީއަށް ފޮނުވީކަމަށް ، ނަމަވެސް އިވެލުއޭޝަން މިހަފްތާގައި  އަލުން ހަދާފައި މިމަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ”

ރޮޒެއިނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

މީދޫ ކުޅިވަރު އެރީނާ ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ތައްޔާތުކުރުމަށް ހަމަޖެހިފައިވާ މި ޓާފްގެ ދަނޑުގެ މަސައްކަތް ހަވާލްކުރުމަށް ނިންމާފައި އޮތީ  ނޫރައްދީން އިންވެސްޓްމެންޓާއި ކަމަށް މައުލޫމާތު ލިބިފައިވެ. އަދި މިދަނޑު ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ބިލް ލެވެލްކުރުމަށް ނޫރައްދީން އިންވެސްޓްމެންޓުން ވަނީ އެސަރަހައްދަށް ފަސް އުފުލުމުގެ މަސައްކަތްފަށާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ...

ދުވާފަރުން 3 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރަށް ލޮކްޑައުން ކޮށްފި

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ފެތުރުން ...

އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ- ރޮޒެއިނާ

އެމްޑީޕީން އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާކަމަށާ އަންހެނުންނަކީ  ރޯދަމަހު ތަރާވީހަށް ހެދިކާ ހެދުމާއި އީދުދުވަހު ...