އައިއެސްއޭ ވޮލީ މުބާރާތް ޓޫސިސްޓަރ ކާމިޔާބުކޮށްފި

އައިއެސްއޭ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ލެއްޗޭ ބަލިކޮށް ޓޫސިސްޓަރ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެރޭ މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީ ކޯޓްގައި ކުޅެވުނު މިމުބާރާތުގެ ފައިނަލްމެޗް ގައި ޓީމްލެއްޗޭއާއި ބައްދަލުކޮށް ޓޫސިސްޓަރ  މޮޅުވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

ޝާފީ ރަނައަޕްޓީމް ،ޓީމް ލެއްޗޭއާއި މެޑަލް ހަވާލްކޮށްދެއްވަނީ

ފައިނަލްމެޗްގެ ފުރަތަމަ ސެޓް ހޯދާފައިވަނީ ޓީމްލެއްޗޭއިންނެވެ. 2 ވަނަ ސެޓާ 3 ވަނަ ސެޓް އަދި 4 ވަނަ ސެޓްގައިވެސް ޓީމް ލެއްޗޭއިން ކޮންމެ ފަހަރަކު ލީޑު ހޯދިކަމުގައިވިޔަސް އެލީޑު އެޓީމަށް ނުހިފެއްޓި ކޮންމެސެޓެއްވެސް ފަހަތުން އަރައި ޓޫސިސްޓަރވަނީ ކާމިޔާބުކޮށްފައެވެ.

އުއްމީދީ ފިރިހެން ކުޅުންތެރިޔާ އާއިޝް އާއި ޓްރޮފީ ހަވާލްކޮށްދެއްވީ އަބްދުއްރަހުމާން

ފައިނަލްމެޗް ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތުބޭއްވުނެވެ.

ފައިނަލް މެޗު އެންމެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނު ޓޫސިސްޓަރގެ ޝަފްނީޒް ( ރާއީ ) އަށް ޓްރޮފީ ހަވާލްކޮށްދެއްވީ މީދޫ ކައުންސިލަރު ހިޔާޟުއެވެ.

އުއްމީދީ އަންހެން ކުޅުންތެރިޔާ ޒައިނާ އާއި ޓްރޮފީ ހަވާލްކޮށްދެއްވީ އިބްރާހިމް ސަމީއު

އުންމީދީ ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ހޮވުނު  ޓީމް ލެއްޗޭގެ މުހައްމަދު އާއިޝްއާއި ޓްރޮފީ ހަވާލްކޮށްދެއްވީ އަބްދުއްރަހުމާންއެވެ.  އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޒައިނާއާއި ޓްރޮފީ ހަވާލްކޮށްދެއްވީ އިބްރާހިމް ސަމީއުއެވެ.

އެންމެ މޮޅު 7 ކުޅުންތެރީންނާއި ޓްރޮފީ ހަވާލްކޮށްދެއްވީ ރަޝީދާއާއި ދޮންދީދީ

މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ޓްރޮފީ ހަވާލްކޮށްދެއްވީ ރަޝީދާއާއި ދޮންދީއެވެ. މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރީންނަށް ހޮވިފައިވަނީ ޓީމް ޓޫސިސްޓަރގެ ޝަފްނީޒް އާއި ޓީމްލެއްޗޭގެ މަރިޔަމް ޖަޒުމީނާ ، އަދި އެޓީމުގެ އާމިނަތު ނަވާއިމްއާއި އަހުމަދު އާނިސްއެވެ. އަދި މީގެ އިތުރަށް މޮޅު 7 ކުޅުންތެރީންގެ ތެރޭގައި ހިމެނެނީ ޓޫސިސްޓަރގެ ފައިޒުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް: ޕޮލިހާއި ޓީމްއެމްކޭ ފައިނަލަށް

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” ގެ  ފައިނަލް ހުޅުމީދޫ ޕޮލިސް އަދި ...

މީޑިއާނެޓް ބޯޅަ ފިއެސްޓާ މިއަދު ދުވަހު ފަށަނީ

މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މިއަދު ( 14 ޖުލައި 2023 ) ...

ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް ...