އައްޑޫ އީދި ސަމާ 1445 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މީދޫއަވަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މީދޫ އަވަށު އޮފީހުން މިހާރު ވަނީ ހުޅުވާލާފައިވާ.

މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގައި ޤާއިމްވެފައިވާ ސަރުކާރުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށާއި އަދި ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ހަމައެކަނި އަންހެން ކަނބަލުންނަށެވެ.

 މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު މީދޫ އަވަށު އޮފީހުން އަދި މީދޫއޮފީހުގެ ރަސްމީ  ފޭސްބުކް  ޕޭޖްއިން ޑައުންލޯންޑް ކުރެވެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 05 ޖޫން 2024 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ.

މި މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  08:00 އިން މެންދުރު 02:00 އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ރަޝްފާގެ ކުއްލި މަރާއެކު ފުވައްމުލަކުގެ ގިނަ ބަޔަކަށް ސިހުމެއް

ރާއްޖޭގައި ފަހަކަށް އައިސް މަދުން ނޫނީ ދިމާ ނުވާގޮތަކަށް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޒުވާނަކު ރޭ ފަތިހު ...

އިލްޔާސް ލަބީބު ހުޅުދޫގެ ރަށްޔިތުންނާ ބައްދަލުކުރައްވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. އިލްޔާސް ލަބީބު ހުޅުދޫ ...

ހަމަނުޖެހުން ބޮޑުވި މެޗް މަންތަރަ ކާމިޔާބުކޮށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފި

މަރަދޫ ޔުނައިޓެޑް  ބަލިކޮށް ގްރޫޕް ޑީން  ކްއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުދޫ މަންތަރަ ޓީމް ހޯދައިފިއެވެ. ގައުމު ...