ސެނެގާލް އަދި ނެދަލެންޑްސް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ސެނެގާލް ދަތުރުކޮށްފިއެވެ.

ސެނެގާލް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރީ އިކުއެޑޯއާއި ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކޮށްގެންނެވެ. އަދި ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ 0-2 އިން ގަތަރު ބަލިކޮށްގެންނެވެ.

އިކުއެޑޯ އާއި ސެނެގޯލް ބައްދަލުކުރި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެނެގާލް ޓީމުންނެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސެނެގާލްއަށް ލީޑު ނަގައިދިނީ އިސްމާއިލާ ސާރއެވެ.

ނަމަވެސް އިކުއެޑޯއިން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިކުއެޑޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. ސެނެގާލްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ އިކުއެޑޯއިން ލަނޑުޖެހިތާ ދެމިނެޓު ފަހުން ލަނޑެއް ޖަހާ މެޗު ކާމިޔާބު ކޮށްގެންނެވެ.

މިމެޗުން ސެނެގޯލް މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ ކަލީޑޯ ކުލިބަލީއެވެ.

ނެދަލެންޑްސް އަދި ގަތަރު ބައްދަލުކުރި މެޗުގައި ނެދަލެންޑްސް އިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 26 ވަނަ މިނެޓުގައި ކޯޑީ ގަޕޯ ޖަހައިދިން ލަނޑުންނެވެ. ނެދަލެންޑްސް ގެ ދެވަނަ ލަނޑު ޖަހައިދިނީ 49 ވަނަ މިނެޓުގައި ފްރެންކީ ޑިޔޯންއެވެ.

 މިމެޗުން ނެދަލެންޑް މޮޅުވުމުން ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ނެދަލެންޑްސްއެވެ. ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓު ހޯދައިގެންނެވެ. 

ނެދްލެންޑްސް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން 2 ވަނަ ލިބޭ ޓީމަކާއެވެ. ސެނެގާލް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދާ ޓީމަކާއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓޫބްރަދާސްއާއި ގައުމު އެފްސީގެ ކުރިމަތިލުން އެއްވަރު

ގަންބުރި ކަޕް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓްބޯޅަ  މުބާރާތުގައި ޓޫބްރަދާސްއާއި ގައުމު އެފްސީ ބައްދަލުކުރި ...

މެންޗެސްޓަރ ސިޓީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ލެސްޓާ ސިޓީން ކާމިޔާބު ކޮށްފި

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީ ކާމިޔާބު ކޮށްފިއެވެ. އެންމެފަހުގެ ޕްރިމިއާލީގުގެ ...

ގްރޫޕް ބީގެ އެއްވަނަޓީމްގެ ގޮތުގައި އަތޮޅުމަދަރުސާ ސެމީއަށް

ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަތޮޅުމަދަރުސާޓީމް ދަތުރުކޮށްފިއެވެ. ...