ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު 13:30 ގައި މިޓީމު ފުވައްމުލަކަށް ޒިޔާރަތްކުރުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އައީދީ އިންޓަނޭޝަނަލް ޓީމުގެ މިޒިޔާރަތަކީ ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ދައުވަތަކަށް ކުރާ ޒިޔާރަތެކެވެ.

މިދަތުރުގައި އައީދީ ޓީމުން ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމްތަކާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅޭނެއެވެ. އަދި ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނާއި މުހިންމު ތަންތަނަށް މި ޓީމު ޒިޔާރަތް ކުރާނެއެވެ. މިޓީމުގެ ޒިޔާރަތުން ފުވައްމުލަކުގެ ކްރިކެޓަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ފުވައްމުލަކު ކްރިކެޓް އެކަޑަމީއިން ދެކެއެވެ. އަދި މި ޓީމުގެ ޒިޔާރަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ގެންދަވާ ފުވައްމުލަކު ސިޓީ ކައުންސިލުން ދެކިވަޑައިގަންނަވާ ގޮތުގައި ބޭރުގެ މިފަދަ ޓީމްތަކުން ފުވައްމުލަކަށް ޒިޔާރަތް ކުރުމުން ފުވައްމުލަކުގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރުވެ އެކަމުގެ އިގްތިސާދީ ފައިދާ ފުވައްމުލަކަށް ލިބިގެންދާނެއެވެ. އަދި ފުވައްމުލަކުގައި ގައުމީ ފެންވަރުގެ ކުޅިވަރު ކުޅުންތެރިން އުފެއްދުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.

ފުވައްމުލަކަކީ މުޅި ރާއްޖެއިން ވެސް ކްރިކެޓުގެ ރޮގުން ހޮވާލެވޭ ރަށެކެވެ. އެގޮތުން މިހާރު ވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ 5 ކުޅުންތެރިން އެބަތިއްބެވެ. މީގެތެރެއިން 3 ކުޅުންތެރިންނަކީ ރަށުގައި ތިބެގެން ތަމްރީނުވަމުންދާ ކުޅުންތެރިންނެވެ. މީގެއިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ފުވައްމުލަކުގެ 3 ކުޅުންތެރިން ހިމެނެއެވެ. ފުވައްމުލަކުގެ ކްރިކެޓް ކުޅުންތެރިންވަނީ އެންމެފަހުން މެލޭޝިއާގައި ބޭއްވުނު 19 އަހަރުން ދަށުގެ އޭޝިައަން ކަޕް ކޮލިފައިން ބުރުގައި އާއި ދުބާއީގައި ބޭއްވުނު 16 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވެސް ގައުމީ ޓީމަށް ކުޅެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްދޭނަން: އިލްޔާސް

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ...

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...

16 އަހަރަށް ފަހު ރާމޯސް ރިއާލް ދޫކޮށްލަނީ

16 އަހަރަށް ފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް ރިއާލްއިން ބުނެފިއެވެ. މިމަސް ...