އައްޑޫ ސިޓީ ތަރައްޤީ ކުރުމުގައި ދެމި ހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އައްޑޫ ސިޓީ ތަރައްގީ ގެނެސްގެން ނޫނީ ރާއްޖެއަށް ތަރައްގީނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހާރު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅޫދޫ އަށް ވަޑައިގެން ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ

އައްޑޫ ސިޓީ އަށް ތަރައްގީ ހޯދައ ދީގެން މެނުވީ ރާއްޖޭގެ ތަރައްގީ ނުވާނެ ކަމަށާއި އާ ސަރުކާރުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދޫކޮށް، ތަރައްޤީގެ މަސައްކަތް މިނިވަންކަމާއެކު ކުރުމަށް ފުރުޞަތު ދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ.

އިއްޔެ ހަވީރު ހުޅުދޫ ބޮމާ ޖަގަހައި ބޭއްވުނު ބައްދަލުވުމެއްގައި ހުޅުދޫ ރަށްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

” އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މިސިޓީ އަކީ މުއްސަނދި ކުރެވޭނެ ސިޓީއެއް ކަން. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮވޭ އައްޑޫއަށް ތަރައްޤީ ހޯދައިދީގެންގެން މެނުވީ ރާއްޖެއަށް ތަރައްޤީ ނުލިބޭނެކަން. އިރާދަ ކުރެއްވިއްޔާ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެނިގެންދާނެ އެންމެ ބޮޑު ހަޤީގަތަކީ ސިޓީތަކަށް ބާރު ދޫވެގެން ދިއުން. ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުޅުދޫގެ ރަށްޔިތުންނާއި މުޚާޠަބްކުރައްވާ  އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީ ހުޅުދޫގެ އާބާދީގެ ބޮޑުބައެއް އުޅެމުންދަނީ ރަށުން ބޭރުގައިކަމަށެވެ. އެގޮތައް ދިމާވެފައިވަނީ ތަރައްގީގެ ޚިދުމަތްތައް ރަށުން ލިބެން ނެތުމުންކަމަށާ އެމްޑީޕީ ސަރުކާރުން މިކަން ހައްލުކޮށްދިނުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި އިޚްލާސްތެރި މަސައްކަތް ކުރެއްވިކަމަށް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް އެކަންކަން މިސަރުކާރުން ހުއްޓާލާފައިވާކަމަށާ އެކަންކަން އަލުން އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް ރުޖޫއަ ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

” 2008 ވަނަ އަހަރު ފަށައިގަނެވުނު އެމްޑީޕީގެ ސަރުކާރުގައި މިހުޅުދޫވެސް އަދި މީދޫވެސް ތަރައްގީކުރުމުގެ ފުރިހަމަ ތަސައްވަރެއް އަޅުގަޑުމެން ގެންގުޅުނީމު . އެތަސައްވަރަށް އަޅުގަޑުމެން މަސައްކަތް ކުރަމުން ގެންދިޔައިން . އަދި އައްޑޫސިޓީ ސިޓީއަކަށް ބަދަލުކޮށް މިސިޓީގެ މުއްސަދިކަމާއި މިސިޓީގެ ވަސީލަތްތައް މިސިޓީގެ ރަށްޔިތުންނަށް އޭގެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ގޮތްތަކެއް އަޅުގަޑުމެން އެކުލަވާލިން . އަޅުގަޑުމެން ކައުންސިލްތަކެއް އުފެއްދިން . އަދި ކައުންސިލްތަކެއް އެކުލަވާލާނޭ ގާނޫން ރަށްޔިތުންގެ މަޖިލިހުން ފާސްކުރެވުނު. އެގާނޫންތަކާއި އެއްގޮތައް ރާއްޖޭގެ އަތޮޅުތައްވެސް ސިޓީތައްވެސް ރަށްތައްވެސް ހިންގަން އަޅުގަޑުމެން ފެށިން . އެފެށި ފެށުމުގައި މިއައްޑޫސިޓީއަށް އަމާޒުވެގެން ހިންގުނު މަސައްކަތްތައް މިހާރުވަނީ ހުއްޓިފައި . އެމަސައްކަތްތައް ކުރިއަށްދާތަނެއް އަޅުގަޑަކަށެއް ނުފެނޭ .  ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ މަސައްކަތް ނުހަނު ގިނަ ކަމަށެވެ. އަދި މިމަސައްކަތުގައި އެމްޑީޕީ މެމްބަރުންނާއެކު އެމަނިކުފާނުވެސް އައްޑޫ ސިޓީ ތަރައްޤީ ކުރުމުގައި ދެމި ހުންނަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ފަރާތުގެ ދަރިފުޅު ކަން ...

ކްލަބްގެ ޕްލޭނާ އެއްގޮތައް އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާނެ- ބާސެލޯނާގެ ރައީސް

ކޮވިޑް19 ގެ ސަބަބުން ކުރިމަތި ވަމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ކުޅުންތެރީންގެ މުސާރަ އުނިކުރިނަމަވެސް އަންނަ ސީޒަނުގައި ބާސެލޯނާ ...

ފޮޓޯއިން ޚަބަރު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫސިޓީ މީދޫ ނަލަފެހިން މީދޫގައި ތައްޔާރު ކޮށްފައިވާ ޖޮގިން ޓްރެކް ސަރަހައްދުގައި ...