މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ފަރާތުގެ ދަރިފުޅު ކަން އޮންލައިން ހަމައަށް އެގިފައިވާކަމަށް ހަމައިން ހާމަކޮށްފިއެެވެ.

އެނގިފައިވާގޮތުގައި އެއީ އަދި ދެ އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

މިއަދު މާލެތެރެއިން ދެވަނަ މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކުގެ ސާމްޕަލް ނަގައިގެން ޓެސްޓް ކުރިއިރު އޭނާ އަށް ބަލި ޖެހިފައި ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޑައިރެކްޓް ކޮންޓެކްޓްވި އެ އަންހެންމީހާގެ ފިރިމީހާގެ ސާމްޕަލްތައް ނެގިއިރު އޭނާ އެ ބައްޔަށް ނެގެޓިވްއެވެ.

މާލެއިން މިއަދު މިބަލި ޖެހިގެން ފެނުނު ދެމީހުންނާއިއެކު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ 22 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފްލޫ ކްލިނިކަށް ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އޭނާ އެ ކްލިނިކަށް ދިޔައީ ރޯގާގެ އަލާމާތެއް ފެނިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭނާ މި ފަހުން އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގޭކަށް ނެތެވެ.

މިއަދު ފުރަތަމައަށް ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން އެޗްޕީއޭ އިން އަންނަނީ ކޮންޓެކްޓްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

އެމީހާއާއި ގުޅުން ހުރި ކަމަށް ބެލެވޭތީ އޭނާ ދިރިއުޅޭ މ. ޖަރީމާގެއާއި، ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފްލޯ އާއި ހިތަދޫ ނޫމަސްވާދީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: އައްޑޫގައި ކަރަންޓީން ވެގެން ހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ވަގުތު އޮންލައިނުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވާގޮތުން ކޮވިޑް-19 ...

ރައްކާތެރިވެތިބުމަށް އިއުތިމާސްކޮށް ޚާއްސަ ފިޔަވަޅުތަކެއް އައްޑޫސިޓީން ކަނޑައަޅައިފި

ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އައްޑޫސިޓީގައި އޮތްކަމަށް ލަފާކުރެވޭތީ ރައްކާތެރިވެތިބުމަށް އިއުތިމާސްކޮށް އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ...

ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބ. އަތޮޅުގައި ...