ކްލަބްގެ ޕްލޭނާ އެއްގޮތައް އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާނެ- ބާސެލޯނާގެ ރައީސް

ކޮވިޑް19 ގެ ސަބަބުން ކުރިމަތި ވަމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ކުޅުންތެރީންގެ މުސާރަ އުނިކުރިނަމަވެސް އަންނަ ސީޒަނުގައި ބާސެލޯނާ ސްކޮޑް ވަރުގަދަ ކުރެވޭނެކަމަށް އެކުލަބުން ބުނެފިއެވެ.

ބާސެލޯނާގެ ރައީސް މިހެން ވިދާޅުވީ ކުރިމަތިވާނެ މާލީ ދަތިތަކާހުރެ ބާސެލޯނާއިން ގަތުމަށް ބޭނުންވާ އެންމެ މުހިއްމު ދެކުޅުންތެރިންކަމަށްވާ ޕީއެސްޖީގެ ބްރެޒިލްގެ ފޯވާޑް ނޭމާއާއި އިންޓަމިލާނުގެ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭސް ނުގެނެވޭނެކަމަށް ބައެއް ފަރާތްތަކުން ބުނަން ފެށުމުންނެވެ.

ނަމަވެސް ބާސެލޯނާގެ ރައީސް ވިދާޅުވީ ބާސެލޯނާއަށް ގެންނަން ބޭނުންވާ ކުޅުންތެރީންގެ ނަން ބުނަން ބޭނުން ނުވާކަމަށާ އެހެން ނަމަވެސް ކްލަބްގެ ޕްލޭނާ އެއްގޮތައް އަންނަ ސީޒަނަށް  ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

ބާސެލޯނާގެ ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ޓްރާންސްފާ މާކެޓްގައި މާގިނަ ފައިސާ ދައުރުވާނެކަމަށް ނުބެލެވޭކަމަށާ އެހެންކަމުން ގިނަ ކުޅުންތެރީން ކްލަބް ބަދަލުކުރަންވެސް އެކަށީގެން ނުވާކަމަށެވެ. ނަމަވެސް އެއްކުލަބުން އަނެއްކުލަބަށް ބަދަލުކޮށް ޓްރާންސްފާ ތަކެއް ކުރިއަށް ގެންދެވޭނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާސެލޯނާގެ ކުޅުންތެރީންގެ މުސާރައިގެ 70 ޕަސެންޓް އުނިކުރީ ކޮވިޑް19 ގެ ސަބަބުން އެހެން ކުލަބްތަކަށްވުރެ ބާސެލޯނާއަށް ކުރާ އަސަރު ބޮޑުވުމުންކަމަށެވެ. އޭނާ ބުނީ ގިނަ ކުލަބްތަކުން ބުރަވަނީ ސްޕޮންސާއަށާ ޓީވީ ރައިޓްސްއަށްކަމަށާ ބާސެލޯނާއިން އާމްދަނީ ހޯދުމަށް އެނޫން ގިނަ ކަންތައްތަކަށް ބަރޯސާ ކުރާކަމަށެވެ. ނަމަވެސް ކުލަބުން މިސީޒަނަށް ލަފާކުރި އެއްބިލިއަން ޔޫރޯގެ ބަޖެޓާއެއްގޮތައް ގިނަ ކަންކަން ނިމިދާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު : ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އާދީއްތަ ދުވަހު ފޯމު ބަލައިގަންނަން ފަށަނީ

ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ “ހިޔާ” މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ފޯމު ބަލައިގަތުން އަންނަ އާދީއްތަ ދުވަހު ...

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ބަދަލު ހާމަކުރައްވައިފި

މެއިި 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ...

ލިބުނު އާމްދަނީއަށް ވުރެ ކުރެވުނު ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ

މި އަހަރުގެ ބަޖެޓަށް ލިބުނު އާމްދަނީ އަށް ވުރެ ކުރެވުނު ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ އެވެ. ...