19 އަހަރުން ދަށުގެ ގައުމީ އަންހެންޓީމުގައި މީދޫ ކުޅުންތެރިއަކު ހިމެނިއްޖ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަން މެޗުތަކުގައި ވާދަކުރުމަށް ހޮވާފައިވާ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ  އަންހެން ޓީމުގައި މީދޫއަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނިއްޖެވެ.

19 އަހަރުން ދަށުގެ ގައުމީ  އަންހެން ޓީމުގައި ހިމެނިފައިވާ މީދޫ ކުޅުންތެރިއަކީ މީދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މީދޫ ޝީޝާ އިބްރާހިމް އަޝްރަފްއަށް ބައްޕަ ކިޔާ އާއިޝަތު އީޝާ އަޝްރަފްއެވެ.

އާއިޝަތު އީޝާ އަޝްރަފް ހިމެނޭ ރާއްޖޭގެ 19 އަހަރުންގެ ދަށުގެ ގައުމީ އަންހެންޓީމު މިހާރުވަނީ ކޮލިފިކޭޝަން މެޗުތަކުގައި ވާދަކުރުމަށް  ކިރިގިސްތާނަށް  ފުރާފައެވެ.

ކޮލިފިކޭޝަންގައި ޖުމްލަ 24 ޓީމަކުން ވާދަކުރާ އިރު، ކޮލިފިކޭޝަންގެ ފުރަތަމަ ބުރު ކުރިއަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ހަ ގްރޫޕްގެ މެޗުތައްވެސް ކުރިއަށްދާނީ ހަ ގައުމެއްގައެވެ.

ރާއްޖެ ހިމެނެނީ ކޮލިފިކޭޝަން ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ހިމެނެނީ އުޒުބަކިސްތާނާއި، ކިރިގިސްތާނުގެ އިތުރުން ރާއްޖެއާއި ގުއާމް އަދި ޔޫއޭއީއެވެ. އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތައް މުބާރާތުގައި ވާދަކުރާ އިރު، އެންމެފަހުން ބޭއްވި އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވަނީ އަންނަ އަހަރުގެ މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވެފައެވެ. އެއީ ޖަޕާނާއި އުތުރު ކޮރެއާ އަދި ޗައިނާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދޮގު ހަބަރު ފެތުރިކަމަށްބުނެ 10 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސައްލެ ކޯޓަށް

ރާއްޖޭގެ އޮންލައިން ނޫހަކުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާ ގުޅޭ ދޮގު ...

އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ – ރޮޒައިނާ

ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައި އައްޑޫ ...

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ...