އިންތިޚާބަކާ މުސާރަ ބޮޑުކުރުމަކާ ގުޅުމެއް ނެތް: މިއުވާން

ރިޔާސީ އިންތިހާބާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، އެއްވެސް ގުޅުމެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ، މުސާރަތައް ބޮޑުކުރީ ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށާއި، ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރައަށް މިހާރު ގެންނަމުންދާ ބަދަލުތަކާއެކު، ސަރުކާރުގެ ކުންފުނިތަކުންވެސް، އެ ކުންފުންޏެއްގެ މުސާރައަށް ބަދަލު ގެންނަން ބޭނުންވާނަމަ، އެ ކުންފުނިތަކަށްވެސް އެ ފުރުސަތު އޮންނަ ކަމަށެވެ

އެނގިވަޑައިގަންނަވާނެ، މެޓާނިޓީ އަދި ޕެޓާނިޓީ ލީވްސް އިއުލާން ކުރުމުން، ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، ކުންފުނިތަކުންވެސް އެއަށް ފޮލޯކުރި. ނަމަވެސް އެގޮތަށް އެންމެ ފުރަތަމަ އިއުލާން ކުރީ ކުންފުނިތަކަކަށެއް ނޫން. ކުންފުނިތަކުން އަމިއްލަޔަށް އެ ޑިސިޝަން ނެގީ. އެހެންވީމާ، މުވައްޒަފުންނަށް ހެޔޮ ގޮތެއް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ކުންފުންޏަކުން ކުރާނެ.

މިއުވާން ވިދާޅުވިއެވެ.

ސަރުކާރުގެ ފުރުތަމަ އަހަރަށް ފަހު، ދެތިން އަހަރު ދިޔައީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، ކޮވިޑްގެ ސަބަބުން މުސާރަ ބޮޑުކުރުމާއި، މުވައްޒަފުންނަށް ދޭންޖެހޭ އެހެނިހެން ބައެއް ހިދުމަތްތައް ދިނުމުގައި ކޮންމެސް ވަރެއްގެ ދަތިތަކަކާ ދިމާވި ކަމަށެވެ.

ނަމަވެސް މިހާރު އިގްތިސާދު އަލުން ރަނގަޅުވަމުން އަންނަ އިރު، ސަރުކާރުގެ މުސާރަ ބޮޑުކުރުން ނުވަތަ އެހެނިހެން ހިދުމަތްތައް ދިނުމަށްވެސް މަގުފަހިވެފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ. އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ...

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ތަފްސީލް އަންނަނީ

ހުޅުދޫއާއި މަރަދޫގައި ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓް ...