އަނިޔާވެފައިވާ ކެޕްޓަން ލިއޮނަލް މެސީއާއިނުލާ ކުޅުނު އެލްކްލެސިކޯ މެޗްގައި ބާސެލޯނާއިން ރެއާލްމެޑްރިޑް 5 ލަނޑު 1 ލަނޑުން ބަލިކޮށްފިއެވެ.

މިނަތީޖާއެކު ބާސެލޯނާ ލީގުގެ ތާވަލްގެ އެއްވަނާގައިއޮތީ 21 ޕޮއިންޓާއެކުގައެވެ. ރެއާލްއޮތީ 14 ޕޮއިންޓާއެކު 9 ވަނާގައެވެ.

މިމެޗްގައި ބާސެލޯނާ މޮޅުކޮށްދިނީ ދެކުނު އޮފެރިކާގެ ކުޅުންތެރީންނެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ ބްރެޒިލްގެ ކުޓީނިއޯއެވެ. އޭގެ ފަހުން އުރުގުއޭގެ ފޯވާޑް ސުވަރޭޒް ވަނީ ހެޓްރިކް ހަދާފައެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ވަގުތު ކުޅެން ނިކުތް ޗިލީގެ އާޓޫރޯ ވިޑާލް އެވެ.

ރެއާލްގެ ހަމައެެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުން ފަށައިގެން 5 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު މާސެލޯއެވެ.

މިމެޗްގައި ސުވަރޭޒް ހެދި ހެޓްރިކަކީ 1994 ވަނަ އަހަރު ބްރެޒިލްގެ ރޮމާރިއޯ އެލްކްލެސިކޯމެޗެއްގައި ބާސެލޯނާއަށް ހެޓްރިކް ހަދައިދިންފަހުން މެސީފިޔަވައި އެހެން ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ

އަދި ރެއާލްގެ  ކީޕަރު ބެލްޖިއަމްގެ ކޯޓުވާ ކޮޅަށް ބާސެލޯނާއިން ޖެހި ފަސްގޯލާއެކު އޭނާ ވެފައިވަނީ ސްޕެނިޝްލީގުގައި ބާސެލޯނާއިން އެކީޕަރަކާ ދެކޮޅަށް އެންމެގިނަ ގޯލް ޖެހި ކީޕަރަށެވެ.  މިސީޒަނުގައި ޗެލްސީން ރެއާލްއަށް ބަދަލުވި ކޯޓުވާ ގޯލް ބެލެހެއްޓި މެޗްތަކުގައި ބާސެލޯނާއިންވަނީ 19 ގޯލް ޖަހާފައެވެ. އެއީ ކޯޓްވާ އެތުލެޓިކޯމެޑްރިޑަށް ކުޅުނު މެޗްތަކާއެކުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެއާލްމެޑްރިޑުންފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށް ފައިނަލާ ގާތަށް

ބަޔާން މިއުނިކުން ލަނޑެއްޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ރެއާލްމެޑްރިޑުންފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށްފިއެވެ. ޗެމްޕިއަންސް ލީގު ސެމީ ...

މެސީ، ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި ޕެލޭގެ ރެކޯޑް މުގުރާލައިފި

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު ...

ރެއާލްމެޑްރިޑާއި ޖިރޯނާ ބައްދަލުކުރިމެޗްގެ ތެރެއިން

ލަލީގާގައި ރޭ ރެއާލްމެޑްރިޑާއި ޖިރޯނާ ބައްދަލުކުރިމެޗް ޖިރޯނާ ލަނޑެއް ޖަހާ ކުރިހޯދާފައިވަނިކޮށް ފަހަތުން އަރައި 4 ލަނޑު ޖަހައިގެން ...