ރައީސް ޔާމީންއަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ރައީސް ނަޝީދު

Advertisement
Advertisement

ކުރީގެ ރައީސް ޔާމީންއަށް ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތުން ބަރީއަވުމުގެ ފުރުސަތާއި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްގެ އިތުރުން އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްއެމްއާރްޕީސީގެ ފައިސާތައް ގިނަ އަދަދުން ރައީސް ޔާމީންގެ އެކައުންްޓަށް ވަންނަމުންދިޔައިރުވެސް އެކަމާއި މެދު ސުވާލުއުފެދިފައިވާ ނުވާތީ ކަންބޮޑުވެފައެވެ.

” ފުރަތަމަ ކަމަކަށް އަޅުގަނޑު ގެންދެބަލަ ޗެކެއް ޖަމާކުރަން ، 500 ސުވާލު ނުކުރޭތޯ ، 4 ލިޔުން ނުދޭތޯ ، އެންމެ ފަހުން ބްލަޑް ގްރޫޕު ވެސް ދައްކައިގެން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ . އެކަމަކު އެމްއެމްޕީއާރުސީގެ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ވަދެގެން ދިޔައިރު އެއްވެސް މީހަކަށް ނޭގުން . އިހުމާލުވިމީހުން ސާފުކުރަން ޖެހޭ ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންގެ ތަހުގީގުކޮށް ހައްގު އަދަބު ލިބެންޖެހޭ ފަރާތަކަށް އެ އަދަބު ލިބޭނެކަމަށް ވިދާޅުވެފައެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅުތެރެ އާއި މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފި

އަތޮޅުތެރެ އާއި މާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފިއެވެ. އެ ގޮތުން ގެނެސްފައިވަނީ ...

ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަން އޮންނާނީ ސަރުކާރަށް، ބޭރު ސިފައިންނެއް ނުތިބޭނެ: ރައީސް

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނަގަނީ ދިވެހި ސަރުކާރުން ކަމަށާއި އެތަނުގެ މިލްކުވެރިކަން ވެސް އޮންނާނީ ...

ޑިފެންސް މިނިސްޓަރ ހުޅުދޫއާއި މީދޫއަށް ޒިޔާރަތްކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ...