ޔޫއޭފާ ނޭޝަންސް ލީގުގައި މިމަހުގެ 16 ވަނަ ދުވަހު ފްރާންސްއަތުން 2 ލަނޑު 1 ލަނޑުން ބަލިވެ ޖަރުމަން މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ރެލިގޭޓް ވެއްޖެވެ.

ޕެނަލްޓީއަކުން މެޗްގެ 14 ވަނަމިނިޓްގައި ޓޯނީކުރޫޒް ލަނޑެއް ކާމިޔާބުކޮށް ޖަރުމަނަށް ލީޑު ހޯދާ ދީފައިވަނިކޮށް ފްރާންސް މިމެޗުން މޮޅުކޮށްދިން ދެލަނޑުވެސް މެޗްގެ ފަހުހާފްގައި ކާމިޔާބުކޮށްދީނީ އެތުލެޓިކޯ މެޑްރިޑްގެ  ގްރިޒްްމަންއެވެ.

ގްރިޒްމަންގެ ފުރަތަމަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު 2 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ޖަރުމަނުއަތުން ފްރާންސް މޮޅުވި މެޗެކީ ފްރާންސް ޖެހިޖެހިގެން ބަލިނުވެ ނިންމާލި 14 ވަނަ މެޗެވެ.

މިމެޗުން ޖަރުމަން ބަލިވުމުން 3 ޓީމު ހިމެނުނު މިގްރޫޕުން ޖަރުމަންގޮސްފައިވަނީ އެންމެ ފުލަށެވެ. ފްރާންސްއަށް މިގްރޫޕުން އެއްވަނަ ލިބުނުއިރު 2 ވަނަ ލިބެނީ ޖަރުމަނަށްވުރެ އެއްމެޗު މަދުން ކުޅެފައިވާ ނެދަލޭންޑްސް އަށެވެ.

މިމެޗުން ފްރާންސް އަތުން ޖަރުމަން ބަލިވި ބަލިވުމަކީ މިއަހަރުގެ ތެރޭގައި ފްރާންސް އަތުން ޖަރުމަން ބަލިވި 2 ވަނަ ފަހަރެވެ. އަދި މިއީ 2000 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗްތަކެއްގައި ޖެހިޖެހިގެން 2 މެޗުން ޖަރުމަންބަލިވި  ފުރަތަމަ ފަހަރެވެ.

މިމުބާރާތުގައި ޖަރުމަން ނެދަލެންޑް އަތުން ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ޖަރުމަން ރެލިގޭޓް ވުމުން ކޯޗް ލޯއަށްވަނީ ވަރަށްބޮޑަށް ޕްރެޝަރު ބޮޑުވެފައެވެ.  އެއީ ވޯލްޑްކަޕްގައިވެސް ފުރަތަމަ ބުރުން ޖަރުމަން ކަޓައިގެންގޮސްފައިވާތީއެވެ.

2006 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޓީމުގެ ކޯޗެއްގެ ގޮތުން މަސައްކަތް ކުރަމުންދާ ލޯ ވޯލްޑް ކަޕަށްފަހު މަގާމުގައި ބަހައްޓާފައިވަނީ މިމުބާރާތުގައި ރަގަޅު ނަތީޖާއެއް ނެރުމަށް ޝަރުޠުކުރުމަށްފަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނަށް

ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނުން ހޯދައިފިއެވެ. ...

ސެމީފައިނަލްގައި ރެއާލްއާއި ބަޔާންމިއުނިކް ބައްދަލުކުތާގޮތައް ހަމަޖެހުނުއިރު ލިވަޕޫލްއާއި ބައްދަލުކުރާނީ ރޯމާ

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ވޭތުވެދިޔަ ދެއަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް  ބަޔާން މިއުނިކް ބައްދަލުކުރާގޮތައް ހަމަޖެހުނުއިރު، ...

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސިޓީގެ ޑިއަސްއަށް

“ޕްރޮފެޝަނަލް ރައިޓާސް އެސޯސިސޭޝަން” އިން ހޮވި އެންމެ ފަހުން ނިމުނު އިގްލިޝް ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ...