ލޯޑު ބޮޑުވާ ބައެއް ގަޑިތަކުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑޭނެ – ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ފަންނީ މައްސަލައެއްގެ ސަބަބުން، ލޯޑު ބޮޑުވާ ބައެއް ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑިދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެމުންދާ ޖަނެރޭޓަރަކަށް މައްސަލަ ޖެހިފައިވާތީ ކަމަށާއި މިހާރުވެސް މަރާމާތުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫސިޓީގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި އިންޖީނުތަކުގެ ތެރެއިން ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް މިމަހުގެ 14 ވަނަ ދުވަހު މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ހެނދުނުން ފެށިގެން އެކި ޞަރަޙައްދުތަކުން ގިނަ އިރުތަކަށް ކަރަންޓު ކަނޑަމުންދާނެކަމަށެވެ. ލޯޑް މަތިވާ ގަނޑިތަކުގައި ކަރަންޓް ކަނޑަންޖެހިދާނެ ކަމަށެވެ.

ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުން މަދުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދަނޑިވަޅުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ކެތްތެރިކަން ފާހަގަކޮށް، ފެނަކައަށް އެއްބާރުލުން ދެމުންދާތީ އެކުންފުނިން އެކަން ފާހަގަކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...

ރަށްރަށުގައި ގެސްޓްހައުސް ހެދޭނެ ގޮތަށް ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެއް- ރައީސް ސޯލިހު

ދިވެހިރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރި ފެށިގެންއައީ ރައީސް ނަޝީދުގެ ވެރިކަމުގައި ނޫންކަމަށާއި، އެވިޔަފާރިއަށް ފުރުސަތު ހުޅުވިންގެ އަައީ، ރަށްރަށުގައި ...

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...