ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ.

މައުސޫމާ ގުޅޭގޮތުން ބަލަމުން އަންނަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެވެ.

އަދި މީގެ އިތުރުން އެހެނިހެން މައްސަލަތަކެއް ހިމެނޭ ކަމަށް ވެސް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މައުސޫމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު ކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަށް މަޑުކުރުމަށް މައުސޫމަށް އެންގުމަށް އިއްޔެ ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަގުމަތި ވުމުގެ ކުރީން މާލެ ދޫކޮށް ދިޔުމަށް މެމްބަރު އީސަ ގޮވާލައްވައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ކުލި ނުދެއްކި މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރަކުރުމަށް ކެނދިކުޅުދޫ ...

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފި

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ ...

އައްޑޫޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ކުރިން ނިންމާލެވޭނެ : ހައުސިންގ މިނިސްޓްރީ

އައްޑޫސިޓީގައި ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޝެޑިއުލްއަށް ވުރެން އެއްމަސް ދުވަސް ކުރިން ނިމޭނެކަމަށް ...