ރަށްރަށުގައި ގެސްޓްހައުސް ހެދޭނެ ގޮތަށް ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެއް- ރައީސް ސޯލިހު

ދިވެހިރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރި ފެށިގެންއައީ ރައީސް ނަޝީދުގެ ވެރިކަމުގައި ނޫންކަމަށާއި، އެވިޔަފާރިއަށް ފުރުސަތު ހުޅުވިންގެ އަައީ، ރަށްރަށުގައި ގެސްޓު ހައުސްތައް ހެދުން ރައީސް މައުމޫނުގެ ވެރިކަމިގައި މަނާކޮށްފަ އޮތް އޮތުމަށް، ނަޝީދުގެ ވެރިކަމުގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުން ނިމުން ގެނައި ހިސާބުން ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ކ. ގުރައިދުއަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ބައްދަކު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ގެސްޓު ހައުސް ވިޔަފާރި ރާއްޖޭގައި ތަރައްގީވެގެން އައިސްފައިވަނީ ފާއިތުވި 10 ވަރަކަށް އަަހަރުގެ ތެރޭގައި ކަމަށާއި، ގެސްޓު ހައުސް ވިޔަފާރި ނުކުރެވޭގޮތަށް އޮތް އޮތުން 2008 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިހުން ބަދަލުކުރުމުގެ ކުރިން ގެސްޓު ހައުސްތައް އެޅުމުގެ ހުއްދަ އޮންނަނީ މާލޭގައި އެކަނި ކަމުގައެވެ.

އެއަށް ފަހު ރަށްރަށުގައި ގެސްޓްހައުސް ހެދޭނެ ގޮތަށް ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެއް. ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެ ތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފައި. ނަމަވެސް ކުރީ ސަރުކާރުން އެ ނިންމާފައި އޮތް ނިންމުން ބަދަލު ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމުގެ ކުރިން މަޖިލިސް ތެރެއިން.

ގެސްޓު ހައުސްގެ ވިޔަފާރި ރާއްޖެއަށް ތައާރަފް ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެސްޓު ހައުސް ވިޔަފާރި އެޅުމުފުރުސަތު ރައްޔިތުންނަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކާ އެކު ކަމަށެވެ. އެއީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތްތަކެއް ޕްރޮމޯޓުކުރަން ނުކުރާ ވާހަކައެއް ނޫން. ނަމަވެސް، މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން.

ގެސްޓު ހައުސް ވިޔަފާރި ކުރިއެރުވުމަށް ނަޝީދުގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރެއްވިކަމަށް ވިދާޅުވަމުން، އެހެންނަމަވެސް އެ ވިޔަފާރި ރާއްޖެއަށް ތައާރަފް ކުރެއްވީ ނަޝީދުކަމަށް ބުނާ ބުނުމަކީ ރަގަޅު ބުނުމެއް ނޫންކަމަށް މޭރުން ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ގެސްޓު ހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކާ ދަތުރުފަތުރުގެ ނިޒާމް ފުޅާކޮށް، އަދި އިތުރު އެހެން ވަސީލަތްތައްވެސް ގާއިމް ކުރެވެން ޖެހޭކަމަށާއި، މިދައުރު ނިމުމުގެ ކުރިން މިފަދަ ގިނަ ޚިދުމަތްތައް ގާއިމް ކުރެވިގެން ދާނެކަމުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 9 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 224 އަށް އަރައިފި

އައްޑޫސިޓީން އިތުރު 9 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ އަދަދު 224 އަށް ...

މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެވެ. މަރަދޫފޭދޫ ވޮލީޓީމްގެ ދައުވަތަކަށް ...

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް

14 ދުވަސްތެރޭގައި، ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް ކޮށްފިއެވެ. އެގޮތުން، ...