އައްޑޫ ލިންކުރޯޑުގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ގައުކެޑި ސަރަހައްދުން ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ ދަންވަރު ހިނގި މިއެކްސިޑެންޓު ހިނގާފައިވަނީ ގުޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން ލިންކުރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައިގެން ކަމަށެވެ.

މި އެކްސިޑެންޓު ހިނގިއިރު އެކާރުގައި ދެމީހަކު ތިއްބިއެވެ. ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ހާނީއްކައެއްވެފައި ނުވިޔަސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ.

އައްޑޫސިޓީ ލިންކް ރޯޑުގެ ގުޅިފައިވާ ފަޅުރަށްތަށް ހިމެނޭ ސަރަހައްދާއި ކުނިކޮށި ހިމެނޭ ސަރަހައްދަކީ ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާ ދެ ސަރަހައްދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މި 5 އަހަރު ޖެހުނީ އެހެން ބަޔަކު ހޭވި ހަޑި ސާފުކުރަން: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި މައިގަނޑު ގޮތެއްގައި ކުރަންޖެހުނު މަސައްކަތަކީ އެހެންބަޔަކު ހާވާފައިހުރި ހަޑި ސާފުކޮށް ރާއްޖެ ...

ސ.މީދޫ ގެއަކުން ފާޑުފާޑުއަޑު އިވޭތީ ސީސީޓީވީ ބެލުމުން ގައިން ދިޔައީ ހީބިހިނަގައިގެން

މިއީ ސ. މީދޫ ގެއެެއްގައި މިމަހުގެ 14ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި އާދަޔާ ހިލާފުކަމެއްގެ ވާހަކައެވެ. (މިއީ ...

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ...