މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފި. ޝައިޚް މުޙައްމަދު ދީދީވަނީ ޕީޕީއެމާއި ގުޅިވަޑައިގަތުމަށްފަހު ޕާޓީއާ ގުޅިވަޑައިގަތް ފޯމް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަނީ އަރުއްވާފައި. ޝައިޚް މުހައްމަދު ދީދީ އަކީ މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އިސްލާހަށް މަސައްކަތްކުރެއްވިއިރު ދުވަސްވަރު އެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް. މުޙައްމަދު ދީދީ މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވޭއެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާއި ދެކޮޅަށް ކުރެއްވި މަސައްކަތްތަކާއި ދެކޮޅަށް މަދަނީ އިއްތިހާދުގެ ނަމުގައި އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތްކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުކުރަށް ދިޔަ އެންމެންނަށް މާސްކުބަހައި ދަނގެތި ކަނބަލުން ނަމޫނާ ދައްކައިފި

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަނުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު  ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 11 ނޮވެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...