ފްލެޓް އެޅުމަށްޓަކައި ރަސްފަންނުގައި ހުރި ޖިމް އެހެން ތަނަކަށް ބަދަލުކުރަނީ

ރަސްފަންނާ ދިމާލުން އެޅުމަށް ހަމަޖެހިފައިވާ މަތީ ފެންވަރުގެ ފްލެޓްތައް އެޅުމަށްޓަކައި އެ ސަރަހައްދުގައި ހުރި އައުޓްޑޯ ޖިމް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ހައުންސިންގ މިނިސްޓްރީން ނެރުނު ނޯޓިސް ގައި ވަނީ ކޮރަލް ބްލެވާޑް އެޕާޓްމަންޓް ބިލްޑިންތައް އަޅަން، ޖިމް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެތަން ބަދަލުކުރަން ނިންމާފައި ވަނީ ރަސްފަންނުގެ އުތުރުފަރާތަށް ކަމަށެވެ.

މި ސަރަހައްދުން އެހެން ސަރަހައްދަކަށް ޖިމް ބަދަލުކުރުމަށް ހައުސިންގ މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުރި ފުޓްސަލް ދަނޑުވެސް ވަނީ ބަންދުކޮށް އެބިން ހުސްކޮށްފައެވެ.

“ކޮރަލް ބްލެވާޑް” ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އެ ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް ހިމެނޭ 25 ބުރީގެ ހަތަރު ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 120 ފްލެޓް ދިވެހި ސަރުކާރަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮރަލް ބޮލެވާޑް މަޝްރޫއު ކުރިޔަށް ގެންދަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރާ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަނުންނެވެ.

ކޮރަލް ބޮލެވާޑުގައި ހަދާ ފްލެޓުތައް ހުންނާނެ ގޮތުގެ ރަމްޒީ ފްލެޓެއް މި އަހަރުގެ މެދެއްހާ ތަނުގައި، ރަސްފަންނު ސަރަހައްދުގައި ހުޅުވާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ކަސްޓަމަރުން ބުކިންގް ހެދުމުގެ ކުރިން އެތަނަށް ގޮސް ފްލެޓް ނިމުމުން ހުންނާނެ ގޮތް ބަލައިލެވޭނެ ކަމަށް ވެސް ކޮރަލް ބުލެވާޑުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންމެ ކުޑަ އުޖޫރަ މިމަސް ނިމުމުގެ ކުރީން ކަނޑައެޅޭނެ

މަސައްކަތްތެރިންނަށް ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މި މަސް ނިމުމުގެ ކުރިން ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިކް ...

ރޯދައިގެ ކުރިން ވިންޓަރ ޕާކު ހުޅުވަނީ

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ ވިންޓާރ ޕާކު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ...

އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ...