ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު މެޗްތަކުގެ ތެރެއިން  ލިވަޕޫލް އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެ ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދައިފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅެވުނު މިމެޗްގައި ނަޕޯލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ.

 

ރޭ  ކުޅެވުނު މިމެޗްގައި  ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނަޕޯލީގެ ގޯލާ އަމާޒުކޮށް  ލިވަޕޫލަށް  ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

 

އެހެންނަމަވެސް ލިވަޕޫލްގެ ގޯލަށް ނަޕޯލީގެ ކުޅުންތެރީން ނުރައްކާ ތެރި އެތައް ހަމަލާތަކެއް ފޮނުވާލާފައިވާއިރު ނަޕޯލީން ފޮނުވާލި ގިނަ ހަމަލާތައް ހުށިޔާރުކަމާއެކު ލިވަޕޫލްގެ ލިވަޕޫލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

 

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ހިމެނޭ ގްރޫޕް ސީގައި ރޭ  ރެޑް ސްޓާ އާއި ބައްދަލުކޮށް ޕީއެސްޖީވަނީ 6 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މިމެޗްގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެޓީމުން ދެން މިމެޗްހައި ކާމިޔާބުކޮށްފައިވާ ގޯލުތައް ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީ އާއި އެންހެލް ޑި މާރިއާ އަދި ކިލިއަން އެމްބާޕޭ އެވެ. ރެޑް ސްޓާގެ ހަމައެކަނި ގޯލު ޖެހީ ޖަރުމަނު ގައުމީ ޓީމަށް ކުރިން ކުޅުނު މާކޯ މަރީން އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ކޮންމެ ޓީމެއް 2 މެޗް ކުޅެފައިވާއިރު 4 ޕޮއިންޓް ލިބިގެން 1 ވަނާގައި އޮތީ ނަޕޯލީއެވެ. 2 މެޗުން 3 ޕޮއިންޓް ލިބިގެން ލިވަޕޫލްއާއި ޕީއެސްޖީ ދެވަނަ ލިބޭއިރު ރެޑްސްޓަރ އަށް ދެމެޗު ކުޅެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

ލިވަޕޫލްއާއި ނަޕޯލީ ބައްދަލުކުރިމެޗްގެ ތެރެއިން ފޮޓޯ: ސަން ޔޫކޭ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަލަސަތަރާއީގެ ކޯޗާއި ނާއިބް ރައީސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ތުރުކީގެ ގަލަސަތަރާއީގެ ކޯޗް ފާތިފް ތެރިންމާއާއި ނާއިބްރައީސް އަބްދުއްރަހީމް އަލްބާރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ. ހޯމަދުވަހުގެ ވަގުތެއްގައި ...

4-2 ން ރޯމާ މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފި

4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ. ލިވަޕޫލަށް ފައިނަލުން ...

ޔޫރޯ 2020: ކްރޮއޭޝިޔާ ބަލިކޮށް ކްއާޓާފައިނަލުގެ ޖާގައެއް ސްޕެއިނުން ހޯދައިފި

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ކްރޮއޭޝިޔާ ބަލިކުރުމަށްފަހު  ސްޕެއިން އިން ކްއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ. ...