މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ކޯލިޝަންގެ މަސައްކަތް މަޖިލިސް ތެރެއިން ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސްގެ މަޤާމަކީ މުހިއްމު މަޤާމެއްކަމަށެވެ. އެހެންކަމުން މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ދެއްކެވި ވާހަކަފުޅުގައި އަދުލު އިންސާފް ޤާއިމުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި މަޖިލިސް ތެރެއިން ކުރަން ހުރި މަސައްކަތްތައް ކުރުމަށް މަސީޙު މަޤާމުން ދުރުކުރަންޖެހޭކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނެކަމުގެ އިޝާރާތެއް އިދިކޮޅު ފަރާތްތަކުން ދީފައިވާއިރު، މީގެ ކުރިންވެސް އެފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީޙަށް ވައްދާފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަމަލާގައި ބައިވެރިވި ބައެއް މީހުން އިއުތިރާފް އެއްބަސްވުން ހަދަން ބޭނުންވޭ!

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ބައެއް މީހުން ...

މާލޭގައި ހިގި ރޭޕްގެ މައްސަލަ : ނުފެންނަކަމަށް ހެދުމަކީ ހައްލެއްނޫން – ރޮޒޭނާ

މިދިޔަ ހުކުރު ދުވަހުގެރޭ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނުއިރު އެސަރަހައްދުގައި ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ...