އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ނިއުޔޯކަށް

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނެ ކަމަށެވެ. އެގޮތުން ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމު ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއްކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ހުށަހަޅައިފި

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ ...