އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 _ މަރަދޫއެފްސީ އަތުން ހަނިގޮތަކަށް މޮޅުވެ، ހިތަދޫއެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި މަރަދޫޓީމް ހަނި ގޮތަކަށް ބަލިކުރުމަށްފަހު އައްޑޫގައި ފުރަތަމަ ފަހަރަށް ބޭއްވުނު 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ހިތަދޫޓީމުން އުފުލާލައިފި އެވެ

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނަޑުގައި ކުޅުނު ފައިނަލްމެޗްގައި މަރަދޫޓީމްގެ  މައްޗަށް ހިތަދޫޓީމުން ކުރި ހޯދީ 1-0  ގެ ނަތީޖާއަކުންނެވެ.

ހިތަދޫއާއި މަރަދޫގެ ގިނައަދަދެއްގެ ސަޕޯޓަރުން މެޗްބަލަން ހާޒިރުވި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްމެޗުގައި ހިތަދޫޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 36 ވަނަ މިނިޓްގައި މަރަދޫޓީމުގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރީންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ކާމިޔާބުކޮށްދިނީ އެޓީމުގެ އައިމަން އެވެ. އައިމަންގެ މިލަނޑަކީ މަރަދޫ ޓީމްގެ ޕެނަލްޓީއޭރިޔާގެ ތެރެއިން  އޭނާ ފޮނުވާލިބޯޅައެއް މަރަދޫޓީމްގެ ގޯލްގެ އިރުމަތީ ފަރާތުގެ ދަނޑިގައި ޖެހިފައި ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. މިބޯޅަ ސަލާމަތް ކުރުމަށްޓަކައި މަރަދޫޓީމްގެ ގޯލްކީޕަރު ޑައިވްކުރިނަމަވެސް އޭނައަތުގައި ބޯޅަ ޖެހޭގޮތެއް ނުވިއެވެ.

އައިމަން- ހިތަދޫޓީމަށް ކާމިޔާބުކޮށްދިން ލަނޑު

ފުރަތަމަ ހާފް ނިމިގެން ދިޔައީ ހިތަދޫޓީމް ކުރީގައި އޮވެގެންނެވެ.

ފަހުހާފް ފެށިގެން ދެޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މަރަދޫޓީމްގެ ކުޅުންތެރީންނަށް މިމެޗްގައި ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް މެޗްގެ ފަހުހާފްގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ރަނުގެ ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔައެވެ. އެއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ފަހުހާފްގައި ކުޅެން ނިކުތް މަރަދޫ ޓީމްގެ ކުޅުންތެރިޔަކަށް ހިތަދޫޓީމްގެ ޑިފެންސަށް ކުޅުނު ހުރިހާ ކުޅުންތެރީން ކަޓުވާލުމަށްފަހު ހިތަދޫ ގޯލް ތެރެއަށް ފޮނުވާލަން ލިބުނު ރަނުގެ ފުރުސަަތުގައި ފޮނުވި ބޯޅަ ގޯލް ދަނޑިމަތިން ބޭރަށް ގޮސް ގެންނެވެ.

މިމެޗް ނިމިގެ ދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1 -0 ގެ ނަތީޖާއަކުން ހިތަދޫޓީމް މޮޅުވެ ޗެމްޕިއަކަން ހޯދައިގެންނެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫޓީމަށް ފައިނަލްމެޗްގައި ލަނޑު ކާމިޔާބުކޮށްދިން ޖޯޒީ ނަމްބަރ 17 އައިމަން ނަޒީރުއެވެ.

މިމުބާރާތުގެ ޑްރީމްޓީމްގައި   ހިމެނެނީ

 • މުހައްމަދު ޒަޔަން / ހިތަދޫ އެފްސީ
 • އަބްދުﷲ ޝިއާއުރަޝީދު / ފޭދޫ
 • ހަސަން ލައުހު / މަރަދޫ އެފްސީ
 • ހުސެން އިމްތިޔާޒު / މީދޫޔޫތު
 • ހުސެން ޒައިން ހަނީފް / މަރަދޫއެފްސީ
 • ހަސަން ސަހާފް / މީދޫޔޫތު
 • އަބްދުﷲ ވިޝާލް / މީދޫޔޫތު
 • ހާޒިމް ފައުޒީ / ހިތަދޫ އެފްސީ
 • އީމަން ނަޒީރު / ހިތަދޫ އެފްސީ
 • ހުސެން އައިކް / މަރަދޫ އެފްސީ
 • މުހައްމަދު ސޮބާހު މަންސޫރު / ހިތަދޫ އެފްސީ

މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މަރަދޫއެފްސީ ހުސެން އައިކްެއެވެ.

ފެއަރޕްލޭޓީމަކަށް ހިތަދޫ އެފްސީ ހޮވިފައިވާއިރު ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫޓީމްގެ ހުސެން އައިކްއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހިތަދޫޓީމްގެ ހާޒިމް ފަހުމީ ހޮވިފައިވާއިރު މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހިތަދޫއެފްސީ ޓީމްގެ ކޯޗް އަހުމަދު ހަބީބެވެ.

 

 

 

 • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

 • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭސީސީގެ މެންބަރުން ވަކިކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ރައްޔިތުން މަޖިލީހުގެ ...

ފޯރިގަދަ ކުޅުމަކަށްފަހު މީދޫޓީމު އަތުން ޕޮލިސް މޮޅުވެއްޖެ

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ހުޅުމީދޫ ...

ސްކޫލްތައް ބަންދުކުރާނީ ކޭސްތައް އިތުރުވާ މިންވަރަށް ބެލުމަށްފަހު: ޑރ ނަޒްލާ

ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ...