12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި-އިލެކްޝަން ނުބޭއްވުމަށް ނިންމި ނިންމުމަކީ، ބާތިލް ނިންމުންތަކެއްކަމަށެވެ. އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑަނާޅަނީސް، އެބޭފުޅުން ހިމަނައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކީވެސް ބާތިލް ނިންމުންތަކެއްކަަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ސުޕްރީމްކޯޓުގެ އަމުރުގައި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް އެކަމާމެދު ބަހުސްކޮށް، ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލެވޭނޭކަމަށް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު، އެކޮމިޝަނުން މިއަދު ނިންމާފައިވަނީ ކުރިން ބާއްވަން ކަނޑައަޅާފައިވާ 12 ދާއިރާއެއްގެ ބައި-އިލެކްޝަންސް ނުބޭއްވުމަށެވެ. އެނިންމުމާއެކު ބައެއް މީޑިއާތަކުން ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ބުނެ ޙަބަރު ފަތުރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދު ފެސްޓިވަލް 2022 ގެ ހަރަކާތްތައް ބަލާލުމަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކުރި

‘އައްޑޫ އީދު ފެސްޓިވަލް 2022’ގެ ނަމުގައި މީދޫގައި ކުރިއަށް ގެންދިޔަ  ހަރަކާތްތައް ބަލާލުމަށް ހުޅުމީދޫއަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާކަމަށް ...

ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...

މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިރާގާ ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް އިލެކްޓްރޯނިކް ވިއުގައަކުން ގުޅައިލުމުގެ އެއްބަސްވުމެއްގައި ދިރާގާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ...