“ރައްޔިތުން ސިނަމާލޭ ބުރިޖް ވެދުމާދިއުން” މިނަމުގައި އިއްޔެ ސިނަމާލެ ބްރިޖްގައި ޙާއްސަ ހަރަކާތްތަކެއް ބާއްވައިފި

“ރައްޔިތުން ސިނަމާލޭ ބުރިޖް ވެދުމާދިއުން” މިނަމުގައި އިއްޔެ ސިނަމާލެ ބްރިޖްގައި ބޭއްވި ޙާއްސަ ހަރަކާތްތަކުގައި 85 ހާހަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ޝަރަފްވެރިކޮށްދެއްވި  މި ހަރަކާތް ފެށްޓެވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޙާއްސަ ދުޢާއަށްފަހު  ގިނަ އަދަދެއްގެ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ފާތުމަތު އިބްރާހީމް  ވަނީ ބްރިޖްގެ މެއިން ގޭޓް ހުރަސްކުރައްވާފައެވެ.

ޤައުމީ ހަރަކާތެއްގެ ގޮތުގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުންނާއި  ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާއި އެކި އުމުރު ފުރައިގެ ޢާއްމުން ބައިވެރިވިއެވެ.

މި ހިނގާލުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްޞީލުވާނެހެން ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެފައިވާއިރު، ބައެއް ރަށްރަށުން ސާގާފީ ހުށަހެޅުންތައްވެސް ކުރިއަށްދިޔައެވެ.

ދިވެހިންގެ ހުވަފެންތަކާއި ގުޅިފައިވާ މި އުއްމީދީ ބްރިޖު ހުރަސްކޮށް ހިނގާލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް އާއްމުންނަށް ދީފައިވާއިރު، އާއްމުން މިކަން ބަލައިގެންފައިވަނީ ވަރަށްވެސް ޝުކުރުވެރި ހިތްތަކަކާއެކުކަން އެމީހުން ފާހަގަކުރިއެވެ.

ސިނަމާލޭ ބްރިޖުގައި ހިނގާލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް އާއްމުންނަށްދީފައިވާއިރު، އާއްމު ދަތުރުފަތުރު ކުރުމަށް ބްރިޖް ރަސްމީކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވާ ހުކުރު ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން އައްޔަން ކުރައްވައިފި

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން،  ކޮމިޝަނަރ ޖެނެރަލް އޮފް ...

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...

މީދޫޓީމުން ފަހަތުން އަރާ ޓީމް ވޯރިއަރސް ބަލިކޮށްފި

ޓީމް ވޮރިއާސް  ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ސެޓުތަކާއެކު ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުގައި މީދޫ ވޮލީޓީމް ...