ނަލަފެހި މީދޫއިން ހިންގާ ރުއް އިންދާ ހެއްދުމުގެ ޕްރޮގްރާމް ފަށައިފި

ޔޫއެންޑީޕީ ގްލޯބަލް އެންވައިރުމެންޓް ފެސިލިޓީގެ ދަށުން ހިންގޭ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ އެހީ ލިބިގެން ނަލަފެހި މީދޫއިން ހިންގާ ރުއް އިންދާ ހެއްދުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ޝަރީފީ ޕްރީ ސްކޫލްގައި ނޮވެމަބަރ 25 ވަނަ ދުވަހުގެރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިޕޮރްގްރާމް ފައްޓަވައި ދެއްވީ ހުޅުދޫ ކައުސިލަރު ފައިޒުއެވެ.

ނަލަފެހިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ނަލަފެހިއަށް ލިބިފައިވާ މުޑުއްވަށްކާށީގެ ތެރެއިން ހުޅުދޫއާއި މީދޫގެ ކޮންމެ ދަނޑުވެރިއަކަށްވެސް ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ކާށި އެވެ.

ހުޅުދޫ ކައުންސިލަރު ފައިޒް: މީދޫ ދަނޑުވެރިއެއްކަމުގައިވާ އަލީ ޝަރީފާއި ހައިބްރިޑް ކޮކްނެޓްގެ މުޑުވައްކާށިހަވާލް ކުރަނީ  

އަދި ގޯތި ތެރޭގައި ރުއް ހައްދާނެ ޖާގައޮތް ފަރާތްތަކަށް ގޯތި ތެރޭގައި ރުއްހެއްދުމަށް ކާށި ދޫކުރާގޮތައްވެސް ނަލަފެހިން ވަނީ ހަމަޖައްސާފައެވެ.

ގޯތި ތެރޭގައި ރުއް ހެއްދުމަށްޓަކައި ކާށި ދޫކުރުމަށް ހަމަޖެހިފައިވަނީ ނަލަފެހީގެ މެމްބަރުން ގޭގެއަށް ގޮސް ކޮށްފައިވާ ސާވޭގައި ގޯތި ތެރޭގައި ރުއް ހައްދަން ބޭނުންކަމަށް ބުނެފައިވާ ފަރާތްތަކަށް ކާށި ދީގެންނެވެ. މިގޮތައް ކާށި  ދޫކުރުމަށް ހަމަޖެހިފައިވަނީ ނަލަފެހިން ކަނޑައަޅާފައިވާ އެގްރިމެންޓެއްގެ ދަށުން ކާށި ދޫކުރާ އުސޫލެއްގެ މަތިންނެވެ.

ނަލަފެހިން ދޫކުރާ މުޑުވައް ކާއްޓަކީ  ރާއްޖެން ބޭރުން ގެނެސްފައިވާ ހައިބްރިޑް ކޮކްނެޓްގެ މުޑުވައްކާއްޓެކެވެ.   ހައިބްރިޑް ކޮކްނެޓަކީ ސައިންޓިފިކް ގޮތުން ބަދަލުކޮށްފައި ހުންނަ މުޑުވައްކާޓެކެވެ. މިކާށިން ފަޅާ ރުކަކީ ތިރިކޮށްހެދޭ ، މަތިވަރު ރަގަޅުރުކެކެވެ.

ހައިބްރިޑް ކާށިން ފަޅާ ރުއް ރަގަޅަށް ބެލެހެއްޓި އަދި ރަގަޅަށް ހެއްދިއްޖެނަމަ 2 އަހަރު ދުވަހުތެރޭގައި ރުއް ފޯދި ކުރުން ކުރުބާ ލިބޭނެކަމަށް ނަލަފެހިން މައުލޫމާތު ދީފައިވެއެވެ.

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ނަލަފެހިން ހިންގާ ޕްރޮގްރާމްގެ ދަށުން  ޔޫއެންޑީޕީ ގްލޯބަލް އެންވައިރުމެންޓް ފެސިލިޓީގެ ދަށުން ހިންގޭ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ އެހީގައި ނަލަފެހި ޖަމްއިއްޔާއިން 2000 މުޑުއްވަށް ކާށި ހުޅުދޫއާއި މީދޫގެ އެކިފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ނަލަފެހިން މައުލޫމާތު ދީފައިވެއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ...

ވަރލްޑްކަޕް ޓްރޮފީއާއެކު ރައީސް ޔާމީން ތާރީޚުގެ ތެރެއަށް!

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެމަނިކުފާނު ފީފާ ...

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބުއި ދިވެހި އަންހެނަކު މަރުވެއްޖެ

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބޮއެގެން ދިވެހި އަންހެނަކު މަރުވެއްޖެއެވެ. ކެމިކަލެއް ބޮއެގެން އަމިއްލައަށް މަރުވެފައި ވަނީ ނ. ...