އައްޑޫސިޓީ ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކޮށްފި

ވިލާ ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކޮށްފިއެވެ.

ވިލާ ކޮލެޖުން ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކޮށްފައިވަނީ އެކެމްޕަހުން ހިންގާ ކޯސްތައް ހިންގޭނެ ވަރަށް ބޭނުންވާ ކުދީން ނުލިބޭތީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވިލާ ކޮލެޖުން ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކުރިކަމުގައިވިޔަސް އައްޑުއަތޮޅު ހިތަދޫގައި ވިލާކޮލެޖުން ހިންގަމުންދާ ކެމްޕަސް އަދި ބަންދުނުކޮށްދަނީ ހިންގަމުންނެވެ.

ހުޅުމީދޫގައި ވިލާ ކޮލެޖުން ގާއިމްކުރި ވިލާ ކޮލެޖް އައްޑޫކެމްޕަސް ގާއިމްކޮށް ހުޅުވާފައިވަނީ 2013 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ހުޅުމީދޫގައި އިމާރާތް ކުރި 4 ބުރީގެ އިމާރާތުގައި ހިންގި ވިލާ  ކޮލެޖް އައްޑޫ ކެމްޕަސް ރަސްމީކޮށް ހުޅުވައި ދެއްވީ ވިލާ ކޮލެޖްގެ އޮފީސް އޮފް ދަ ރެކްޓަގެ ޑިރެކްޓަ ޑރ. އަހުމަދު އަލި މަނިކު އާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފައުންޑާ އަދި މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި އަލްއުސްތާޒު ހުސްނުއް ސުޢޫދުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...

ނަރުދޫން އިތުރު ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ށ. އަތޮޅު ނަރުދޫން، އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ...

ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް

އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ. ...