އޭ ލެވެލްއިން ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހުޅުދޫ މަރިޔަމް ސައިފާ ރަޝީދު ހިމެނިއްޖެ

2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ސ. ހުޅުދޫ ދެވެލި މަރިޔަމް ސައިފާ ރަޝީދު، ހިމެނިއްޖެއެވެ.

މަރިޔަމް ސައިފާ ރަޝީދަކީ ސެންޓަރ ފޯ ހަޔާސެކެންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އިން އުނގެނުނު ދަރިވަރެކެވެ.

2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުންނަށް މިމަހުގެ 17 ވަނަ ދުވަހުގެރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ.

ސ. ހުޅުދޫ ދެވެލި މަރިޔަމް ސައިފާ ރަޝީދު،

މި ދަރިވަރުންނަށް އިނާމާއި، މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ޞާލިޙްއެވެ.

މިދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ވަނީ 19 ޖުލައި 2020ގައި ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް 19 ޖުލައި 2020ގައި ހަވާލުކޮށްދެއްވުމާއި ގުޅިގެން އެ ސްކޮލާޝިޕްގެ ދަށުން މަރިޔަމް ސައިފާ ރަޝީދު މިހާރު ދަނީ އިގިރޭސިވިލާތުގައި ކިޔަވަމުންނެވެ . އެހެންކަމުން މިމަހުގެ 17 ވަނަ ދުވަހުގެރޭ ބޭއްވުނު 2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިއުމާއި މެޑަލް ދިނުމަށް ބޭއްވުނު ރަސްމިއްޔާތުގައި މަރިޔަމް ސައިފާ ރަޝީދަށް ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

އޭ ލެވެލްއިން ރާއްޖެ އިން އެއްވަނަ ހޯދި ދަރިވަރުން

  • މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ
  • މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ ދެވެލި، ސީއެޗްއެސްއީ
  • މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ
  • ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ
  • އައިޝަތު ރިޒްނާ ، ހދ. ކުޅުދުއްފުށީ ވިނަމާގެ ، ސީއެޗްއެސްސީ
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 23 އޮކްޓޯބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި ...

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން

ބުރުގަލާއި ނުލައި އަޝްފާގެ ފުރަތަމަ ފެނިލުން “ޖުމްހޫރީ 50″ގެ ލަވައިން މިވަނީ ފެނިގެންގޮސްފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއަކީ ...