އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލޭޖްގެ ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ އަންހެނަކު   ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ..

އައްޑޫއިން ކޮވިޑް-19އަށް 65 އަހަރުގެ ދިވެހި އަންހެނެއް ޕޮޒިޓިވްވިކަން ހާމަކުރެއްވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒެެވެ. މަބްރޫކު ވިދާޅުވި ގޮތުގައި އައްޑޫއިން ޕޮޒިޓިވްވި އަންހެން މީހާއަކީ އެންމެ ފުރަތަމަ މާލެއިން އައްޑުއަށް ގޮސް ކަރަންޓީނު މަރުކަޒުތަކުގައި ކަރަންޓީނުވެގެން ތިބެވޭ ގޮތަށް ފޮނުވި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

މަބުރޫކު ވިދާޅުވީ ކަރަންޓީން ފެސިލިޓީގައިހުރި އުމުރުން 65 އަހަރުގެ މި ދިވެހި އަންހެންމީީހާ ،  ހުރީ އޭނަގެ މާމަ ދަރިފުޅާއެކު ކަރަންޓީންގައި އެއް ރޫމެއްގައި ކަމަށެވެ. އެކަމަކު  މާމަ ދަރިފުޅުގެ ޓެސްޓު ނަތީޖާ ނެގެޓިވްވެފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އަދި މިއީ އައްޑޫގެ އާބާދީގެ ތެރެއިން ބަލި ފެނުން ނޫން ކަމަށާއި މިއީ ކަރަންޓީނު މަރުކަޒަކުން ބަލި ފެނުން ކަމުގައި މަބްރޫކު ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީން ކޮވިޑަށް މީހަކު ޕޮޒިޓިވް ވުމާގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު ވިދާޅުވީ އައްޑޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ކޭހަކީ ރަށުން ބޭރުން އެތެރެވި ކޭހެއްކަމަށާ  މިމީހާއަކީ މާލެއިން އައްޑުއަށް ކަރަންޓީނަށް އައި މީހުންގެ ތެރޭގައި ހިމެނި ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ދޫކޮށްލުމުގެކުރިން ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހެއްކަމަށެވެ.  އަދި މިމީހާގެ ފުރަތަމަ ޓެސްޓް ކޮވިޑް-19އަށް ޕޮޒިޓިވްވުމުން، ދެވަނަ ޓެސްޓެއް ހެދުމަށްޓަކައި ސާމްޕަލް ނެގުމަށްފަހު އެސާމްޕަލް މާލެއަށް މިއަދު  ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

އައްޑޫސިޓީން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު ސަރުކާރުން ދަނީ ހޯމް ކަރަންޓްޓީނަށް އެދޭ ގިނައަދަދެއްގެ މީހުން ހޯމް ކަރަންޓީނަށް އައްޑޫސިޓީއަށް ފޮނުވަމުންނެވެ. މިގޮތައް ފޮނުވާ މީހުން ހޯމް ކަރަންޓީނުގައި ތިބޭތޯއާއި އެގޭގެއަށް އެހެން މީހުން ގޮސް ހަދާތޯ އެކަށީގެންވާ ގޮތެއްގައި ބެލުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މިއަދު އައްޑޫސިޓީން ކޮވިޑްއަށް ޕޮޒިޓވްވި ކޭސް އަށް ބަލާލުމުންވެސް އެގިގެންދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ...

ކޯވިޑް-19 : ޒަރޫޒީ ބޭނުމަށް ތަކެތި ގަންނަން ނުކުތުމުގެ ހުއްދަ ތިންދުވަހުން އެއްދުވަހު ދޭން ފަށަނީ

މާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމައިން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ...

ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވް ކުއްޖަކަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އައިސީޔޫ ގައި ފަރުވާ ދެނީ

ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެތަނުގެ ...