މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ޑޭޓާ ޕެކޭޖްތަކެއް އުރީދޫއިން  ތައާރަފްކޮށްފި އެވެ.

އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ތައާރަފްކުރި ޕެކޭޖްތަކަކީ މޮބައިލް ފޯނު ފަދަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް، ފަސޭހަކަމާއި އެކު މީޑިއާނެޓްގެ އޯޕަން މައިޓީވީގައި ހިމެނޭ ޗެނަލްތައް ބެލޭނެ ޕެކޭޖްތަކެއް ކަމަށެވެ. އޯޕަން މައިޓީވީއަކީ މީޑިއާ ނެޓްގެ ޗެނަލްތައް ސްމާޓް ޑިވައިސްތަކުން ބެލުމަށް ހަދާފައިވާ އެޕްލިކޭޝަނެކެވެ.

މީޑިއާނެޓުން ތައާރަފްކޮށްފައިވާ އޯޕަން މައިޓީވީ އަކީ ސްމާޓް ޑިވައިސްތަކުގައި، މީޑިއާނެޓްގެ 50 ޗެނަލް ލައިވްކޮށް ބަލާލުމަށް ދިވެހި ކަސްޓަމަރުންނަށް މަގުފަހިކޮށްދޭގޮތައް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މީޑިއާނެޓުން ހާމަކޮށްފައިވާގޮތުގައި  އޯޕަން މައިޓީވީގެ ހިދުމަތް ދިނުމަށް މީޑިއާނެޓާ އުރީދޫގެ ބައިވެރިވުމަކީ ޓީވީ ބަލާލުމުގެ ތަޖުރިބާ ކަސްޓަމަރުންނަށް ރަގަޅުކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް މީޑިއާނެޓުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން އޯޕަން ޓީވީގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް އިތުރު ފައިދާތައް  ލިބޭނެކަމަށްވެސް މީޑިއާނެޓުން ހާމަކޮށްފައިވެއެވެ.

އޯޕަން މައިޓީވީގައި ހިމެނޭ ޗެނަލްތައް ބެލުމަށް އުރީދޫ ވަނީ ދެ ޕެޖޭއް ތައާރަފްކޮށްފަ އެވެ. އެގޮތުން މަހަކު 99ރ. ދެއްކުމުން ހަތަރު ޖީބީ ލިބޭ ޕެކޭޖަކާއި މަހަކު 149ރ. އަށް 8 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ. އެ ޕެކޭޖްތަކުގެ މުއްދަތަކީ އެއް މަސް ދުވަހެވެ.

އުރީދޫން ބުނީ އޯޕަން މައިޓިވީ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއި އެކު އެ ޕެކޭޖުތައް ގަނެވޭނެ ކަމަށެވެ. އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ އެޕެކެވެ.

ސްމާޓްފޯން، ޓެބްލެޓް އަދި އެންޑްރޮއިޑް ޓީވީ ފަދަ ކޮންމެ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް މައިޓީވީގައި ހިމެނޭ ޗެނަލްތައް ބަލައިލެވޭނެ އެވެ. އޭގެ އިތުރުން ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް ސްޓޯ މެދުވެރިކޮށް ވެސް ޑައުންލޯޑު ކޮށްގެން، ނުވަތަ www.openmitv.mv މެދުވެރިކޮށް ވެސް މައިޓީވީ ބަލާލެވޭނެ އެވެ. އަދި މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުންކޮށްގެން، ފަސޭހަކަމާ އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަ ވެސް ކުރެވޭނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅޫދޫގައި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ބިނާކުރާ މިސްކިތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީ، ހުޅޫދޫގައި މުހައްމަދު ސޯލިހުގެ ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ...

އައްޑޫއިން އިތުރު 41 މީހަކު ކޮވިޑަށްޕޮޒިިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ އައްޑޫސިޓީން ކޮވިޑް 19 ...

ހިރިމަރަދޫ ގޮނޑުދޮށުގައި ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  ހިރިމަރަދޫގައި މީހަކު މަރުވެފައި ...