އައްޑޫއިން އިތުރު 41 މީހަކު ކޮވިޑަށްޕޮޒިިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ އައްޑޫސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި 41 މީހުންގެ ތެރޭގައި ހިމެނެނީ 40 ދިވެހީންނާއި 1 ބިދޭސީއެކެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 41 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 356 އެވެ.

 އިއްޔެ އަލަށް ޕޮޒިޓިވްވި 41 މީހުންގެ ތެރެއިން 23 މީހުން ހިތަދުން ޕޮޒިޓިވްވެރފައިވާއިރު  މަރަދޫން ޕޮޒިޓިވްވެފައިވަނީ 2 މީހެކެވެ. އަދި ފޭދޫން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު  މަރަދޫފެދޫއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. އަދި ގަމުން ވެސް އެކަކު ޕޮޒިޓިވް ވެފައިވެއެވެ.

އިއްޔެ އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަވަނީ 2266 އަރައިފައެވެ. އޭގެ ތެރެއިން 1901 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ.

އައްޑޫގައި މިވަގުތު ތިބި ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ތަކަށް ބަލާއިރު  ހިތަދޫގައި ތިބީ  173 މީހެކެވެ. މަރަދޫގައި ތިބި 75 މީހަކެވެ.  މަރަދޫފޭދޫގައި 8 މީހުން ތިބިއިރު  ފޭދޫގައިތިބީ 62 މީހެކެވެ. އަދި  ހުޅުދޫގައި 7 މީހުން ތިބިއިރު  މީދޫގައި ތިބީ 29 މީހެކެވެ. އަދި މީގެ އިތުރަށް ގަމުގައި ތިބީ 2 މީހެކެވެ.

އައްޑޫސިޓީން އިއްޔެ 42 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު ހޮނިހިރުދުވަހުވެސް 27 މީހަކު އައްޑޫސިޓީން ވަނީ ކޮވިޑަށް ޕޮޒިޓްވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ  ޑައިރެކްޓް ...

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓު ނަގަން މުހުލަތެއް ދީފި

ކޮޅުމަޑުލު ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތުން އެ ބޯޓު ނަގަން އެ ރަށު ކައުންސިލުން ...

ހުޅުދޫ ” ލަވިސްޓާ” ކެފޭ ގައި އަލިފާން ރޯވެ އަނދައިފި

ރޭފަތިހު ހުޅުދޫ ” ލަވިސްޓާ” ކެފޭ ގައި އަލިފާން ރޯވެ އަނދައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ...