ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބުކްއިން ގަނެފިއެވެ.

ފޭސްބުކްއިން މި ރައިޓްސް ގަނެފައިވާއިރު މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މީގެކުރިން ސްޕެނިޝް ލަލީގާ ދެކުނު އޭޝިއާގައި ދެއްކުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗަރސް ނެޓްވޯކް އަތުގައެވެ. ސޮނީއިން ލަލީގާ ދެއްކުމުގެ ރައިޓްސް 2014 ވަނަ އަހަރު ގަނެފައިވަނީ 25 މިލިއަން ޕައުންޑަށެވެ. މި އެއްބަސްވުމާއެކު އިންޑިއާ، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، ޕާކިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ރާއްޖެއަށް ލަލީގާގެ މެޗުތައް ދެއްކުމުގެ ހުއްދަ ފޭސްބުކަށް ލިބިގެންދާނެއެވެ.

މި ސަރަހައްދުގައި ފޭސްބުކް ބޭނުންކުރާ 348 މިލިއަން މީހުން އުޅޭއިރު އެންމެނަށް ވެސް ފޭސްބުކްއިން ލަލީގާގެ މެޗުތައް ހިލޭ ބަލާލެވޭނެއެވެ. އޭގެ ތެރެއިން 270 މިލިއަން މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

ފޭސްބުކް އަދި އެހިނިހެން ޓެކް ކުންފުނިތަކުން އަންނަނީ އެކިއެކު ލީގުތައް ދެއްކުމުގެ ރައިޓްސް ގަންނަމުންނެވެ. އެގޮތުން އެމޭޒަންއިން ވެސް ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ 20 މެޗުގެ އެކްސްކުލޫސިވް ރައިޓްސް ގަނެފައެވެ.

ފޭސްބުކްއިން ލަލީގާގެ 380 މެޗުގެ ރައިޓްސް ގަނެފައިވާއިރު މި ސީޒަނާއެކު ސްޕެނިޝް ލަލީގާގެ މެޗުތައް ހަމައެކަނި ދެން ބަލާލެވޭނީ ފޭސްބުކްއިންނެވެ. ރާއްޖޭގައި ވެސް ސްޕެނިޝް ލަލީގާ ބަލާ ގިނަ އަދަދެއްގެ ބެލުންތެރިން ތިބޭއިރު މީގެކުރީ ސީޒަންތަކުގައި ލަލީގާގެ މެޗުތައް ދައްކާފައިވަނީ ސޮނީ ޕިކްޗަރސް ނެޓްވޯކްގެ ޗެނަލްތަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާއިން ފަޞޭހަކަމާއެކު މަޔޯކާ ބަލިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އަލުން ފަށާފައިވާއިރު ލަލީގައި މަޔޯކާއަތުން މޮޅުވެ ޕޮއިންޓް ޓޭބަލުން ...

ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި ސިޓީގެ ކުރިމަތިލުމެއް

އިނގިރޭސި އެންމެ ޒަމާންވީ ފުޓްބޯޅަ މުބާރާތް، އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ ގުރުއަތުލުމުގައި  ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކުރަން ...

ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަނެއް

ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ...